މޯލްޑިވްސް ޕޮލިސް ސާވިސް

ގެއެއްގެ ފަސްވަނަ ބުރިން މީހަކު ވެއްޓިއްޖެ

ގެއެއްގެ ފަސްވަނަ ބުރިން މީހަކު ވެއްޓިއްޖެ އެވެ.

ފަސްވަނަ ބުރިން ވެއްޓިފައިވަނީ އުމުރުން 33 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެމީހާ ވެއްޓުނީ މ. އެންދެރިކުރި ފަސްވަނަ ބުރިންނެވެ. އެއީ އެ ގޭގައި ކުއްޔަށް އުޅުނު މީހެކެވެ.

ފުލުހުން ބުނީ އިތާ ގޯޅީގައި ވެއްޓިފައި އޮތް މީހަކު ހޮސްޕިޓަލަަށް ގެންގޮސްފައިވާ ކަމަަށެވެ. އޭނާގެ ހާލަތާ ގުޅޭ ތަފްސީލެއް ނުލިބެއެވެ.

ރޭ މެންދަމު ތިނެއް ޖެހިއިރު ހުޅުމާލޭގެ އިމާރާތެއްގެ މަތިންވެސް މީހަކު ވެއްޓިފައިވެއެވެ. އެމީހާއަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާއިރު މަގުމައްޗަށް ވެެއްޓުމުގެ ކުރިންވެސް އެ މީހާއަށް ސީރިއަސް އަނިޔާތަކެއް ކޮށްފައިވާ ކަމަަށްވެއެވެ.