ދުނިޔެ

"ޗައިނާއާ ރަޝިއާގެ ސަބަބުން ދުނިޔޭގެ އިގުތިސޯދުގެ ހަމަ ގެއްލޭ"

އެމެރިކާއިން ދުނިޔޭގެ އިގުތިސޯދަށް ފަސޭހަ ކޮށްދޭ ކަމަށާއި އެ ސިޔާސަތު އޮތީ އެގޮތަށް ކަމަށް ޖޯ ބައިޑަން ވިދާޅު ވެއްޖެ އެވެ. އެމަނިކުފާން ވިދާޅުވީ ބައިނަލްއަގުވާމީ ކަނޑުތަކުގައި ދަތުރުކުރާ މުދާ އުފުލާ ބޯޓު ފަހަރަށް ވެސް އެމެރިކާގެ ސަބަބުން ވާނީ ފަސޭހަ ކަމަށާއި އެފަދަ އުޅަނދުފަހަރުގެ ރައްކާތެރި ކަމަށް ހޭދަ ކުރައްވާ ކަމަށެވެ.

ބައިޑަން ވިދާޅުވީ ދުނިޔޭގައި ކުރިން ނެތް ޓެކްނޮލޮޖީ އާންމު ވުމަކީ ފަނާ ކުރުމެއް ނޫން ކަމަށާއި އެމެރިކާއިން މަސްލަހަތަށް އެދި މަސައްކަތް ކުރިއެއް ކަމަކު ޗައިނާއާ ރަޝިއާގެ ސަބަބުން ނިޒާމުތައް އޮޅޭ ކަމަށެވެ.

ޗައިނާއާ ރަޝިއާގެ އަމަލުތައް ހުންނަނީ އަމިއްލަ ފައިދާއަށް ބުރަވެފައި ކަމަށް ވެސް ބަައިޑަން ވިދާޅުވި އެވެ. ބައިނަލްއަގުވާމީ ކަނޑުގައި އެމީހުނަށް ނެތް ހައްގެއް، އެމެރިކާއަށް ވެސް ނޯންނަ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ބައިޑަން ވިދާޅުވީ ދެކުނު ޗައިނާ ކަނޑަކީ ބިރުވެރި ތަނަކަށް ވެފައި ވަނީ ވެސް ޗައިނާގެ ސަބަބުން ކަމަށެވެ. އެ މަގުން ދަތުރުކުރާ ބޯޓުފަހަރު ހުއްޓުވައި މަގު ބަންދު ކުރުމަކީ ދުނިޔޭގެ އިގުތިސޯދަށް އެޅޭ ބޮޑު ހުރަހެއް ކަމަށް ވެސް ވިދާޅުވި އެވެ.

އަރަބި ކަނޑާއި އާޓިކުގައި ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އެމެރިކާއިން ޕޮލިސީ ފެންވަރުގައި ކުޅެންޖެހިފައިވާ ކަމަށް ވެސް ބައިޑަން ވިދާޅުވި އެވެ. އަދި އެމެރިކާގެ ފޮރިން ޕޮލިސީތަކަށް ބަދަލު ގެންނަން ބޭނުންވާ ސަބަބަކީ އެއީ ކަމަށް ވެސް ވިދާޅުވި އެވެ.

ބައނަލްގައުވާމީ ކަނޑުތަކުގައި ދަތުރު ކުރުން އެއްވެސް ބަޔަކަށް ހުރަހަކަށް ވެގެން ނުވާނެ ކަމާށާއި ޖެއްސުން ކުރުމާއި ބިރު ދެއްކުމުގެ އަމަލުތައް ހުއްޓާލަން ޖެހޭ ކަމަށް ވެސް ބައިޑަން ވިދާޅުވި އެވެ. ބައިޑަން ވިދާޅުވީ ދުނިޔޭގެ އިގުތިސޯދަށް މުހިންމު ކަންތައްތަކަކީ ވެސް ޗައިނާއާ ރަޝިއާ ދެކޭ ގޮތުގައި ކުޅޭ ގޭމެއް ކަމަށެވެ.