އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓި އަނިޔާވި މީހަކަށް ފަރުވާ ދޭން ފަށައިފި އެވެ.
ފުލުހުން ބުނީ ހުޅުމާލޭގެ އިމާރާތެއްގެ ދެވަނަ ބުރީގައި އޭސީ އައުޓް ޑޯއެއް އަޅުވަން އުޅުނު މީހަކު ވެއްޓި އަނިޔާ ވެފައިވާ ކަމަށެވެ. އެމީހާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.
އެ މީހާގެ ހާލަތާ ގުޅޭ ތަފްސީލެއް ނުލިބެއެވެ.
ރޭގެ ވަގުތެއްގައި މ. އެންދެރިކުރި ފަސްވަނަ ބުރިން މީހަކު ވެއްޓި ވަރަށް ބޮޑަށް އަނިޔާވެފައިވެއެވެ. އަދި ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު ހުޅުމާލޭގެ އިމާރާތަކުން މީހަކު ވެއްޓިފައިވެއެވެ.
އެ ހާދިސާ ހިނގި ގޮތާމެދު ބޮޑެތި ސުވާލުތަކެއް އުފެދިފައިވާއިރު އިމާރާތުގެ މަތިން އެމީހާ ވެއްޓުމުގެ ކުރިންވެސް ބޮޑެތި އަނިޔާތަކެއް ލިބިފައިވާކަން ފާހަގަކުރެވެއެވެ.