ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

70 ރަށް އޮތީ ބަންދުކޮށްފައި

ކޮވިޑް-19 ހަލުވިކަމާއި އެކު އަތޮޅުތެރޭގައި ފެތުރެމުންދާ މި ދަނޑިވަޅުގައި މާލެ ސަރަހައްދު ފިޔަވައި 70 ރަށަކަށް އަރައި ފޭބުން މަނާ ކޮށްފައިވާ ކަމަށް އެޗްޕީއޭ އިން ބުނެފި އެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކުގެ 37 ޕަސެންޓް އޮތީ ބަންދުކޮށްފަ އެވެ.

ބަންދުކޮށްފައިވާ 70 ރަށުގެ ތެރެއިން އެންމެ ގިނަ ދުވަހު މޮނީޓަރިންނަށް ލާފައި އޮތީ ޅ. ނައިފަރެވެ. އެރަށް ބަންދުކޮށްފައި ވަނީ މިދިޔަ މާޗް މަހުގެ 23 ވަނަ ދުވަހު އެވެ. އޭޕްރީލް މަހު ބަންދުކުރި 16 ރަށެއްގައި ވެސް އަދިވެސް އަންނަނީ ކޮވިޑް ފެތުރެމުންނެވެ. އެއީ އދ. މާމިގިލި، ތ. ވޭމަންޑޫ، ތ. މަޑިފުށި، ބ. އޭދަފުށި، ކ. ހިންމަފުށި، ކ. ގުޅި، ކ. މާފުށި، އއ. މަތިވެރި، ލ. މާންދޫ، ލ. ގަން، ލ. ފޮނަދޫ، ގދ. ތިނަދޫ، އއ. އުކުޅަސް، ކ. ތުލުސްދޫ، ލ. ދަނބިދޫ އަދި އއ. ރަސްދޫ އެވެ.

މިވަގުތު ބަންދުކޮށްފައިވާ ރަށްތަކުގެ ތެރެއިން އެންމެ ގިނަ ރަށް މޮނީޓަރިންނަށް އަށް ލާފައި ވަނީ މިމަހު އެވެ. އެގޮތުން 56 ރަށެއް ވަނީ ބަންދުކޮށްފަ އެވެ. އެއީ އައްޑޫ ސިޓީ، ހއ. ދިއްދޫ، ފ. ފީއަލި، ކ. ގުރައިދޫ، ފ. ނިލަންދޫ، ލ. އިސްދޫ، ލ. މާވަށް، ފުވައްމުލައް ސިޓީ، ށ. ޅައިމަގު، ރ. ހުޅުދުއްފާރު، ގދ. ގައްދޫ، ބ. ތުޅާދޫ، ވ. ފުލިދޫ، އދ. މާހިބަދޫ، ރ. މަޑުއްވަރީ، އއ. ފެރިދޫ، ހދ. ކުޅުދުއްފުށި، ށ. ކަޑިތީމް، ށ. ގޮއިދޫ، ކ. ކާށިދޫ، ދ. ކުޑަހުވަދޫ، ގއ. ދާންދޫ، ޅ. ހިންނަވަރު، ގއ. ގެމަނަފުށި، ދ. ބަނޑިދޫ، ނ. ކެނދިކުޅުދޫ، ތ. ގުރައިދޫ، ދ. ހުޅުދެލި، ވ، ކެޔޮދޫ، ތ. ތިމަރަފުށި، ގއ. ވިލިނގިލި، ލ. ކަލައިދޫ، އއ. ބޮޑުފޮޅުދޫ، ށ. މިލަންދޫ، ނ. މާޅެންދޫ، ދ. މާއެނބޫދޫ، ކ. ދިއްފުށި، ލ. މާމެންދޫ، ގދ. ވާދޫ، ބ. ދަރަވަންދޫ، ހއ. މުރައިދޫ، ރ. އުނގޫފާރު، ކ. ގާފަރު، ނ. ލަންދޫ، ފ. ބިލެތްދޫ، ޅ. އޮޅުވެލިފުށި، ށ. މިލަންދޫ، މ. މުލި، ތ. ހިރިލަންދޫ، ރ. ރަސްމާދޫ، ވ. ފެލިދޫ، ތ. ކިނބިދޫ އަދި މ. މުލަށް

ގިނަ ރަށްރަށުގައި އަންނަނީ ކާފިއު ވެސް ހިންގަމުންނެވެ. އެގޮތުން ބައެއް ރަށްރަށުގައި އަންނަނީ މާލެ ފަދައިން 12 ގަޑިއިރު ކާފިއު ހިންގަމުންނެވެ.

ރާއްޖެއިން އިއްޔެ ވަނީ 1،960 މީހަކު ބައްޔަށް ޕޮޒިޓިވްވެފަ އެވެ. އޭގެތެރެއިން 431 މީހުންނަކީ އަތޮޅުތަކުން ޕޮޒިޓިވްވި މީހުންނެވެ. ރިސޯޓަކުންވެސް 11 މީހަކު ޕޮޒިޓިވްވެފައިވެ އެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 22،421 މީހުންނެވެ. މިހާތަނަށް 31،812 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 294 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. އޭގެ ތެރެއިން 16 މީހަކު އޮތީ އައިސީޔޫގަ އެވެ. 8 މީހަކު އޮތީ ވެންޓިލޭޓަރުގަ އެވެ.