މޯލްޑިވްސް ޕޮލިސް ސާވިސް

މަކަރާއި ހީލަތުން ފައިސާ ހޯދި މީހަކު ހޯދަނީ

މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލައެއްގެ ތަހުގީގަށް ހޯދަންޖެހޭ މީހަކު ހޯދަން އިއުލާންކޮށްފި އެވެ.

ފުލުހުންގެ ވެބްސައިޓްގައި ފޮޓޯ އާންމުކޮށް ހޯދަން އިއުލާންކޮށްފައިވަނީ ކާށިދޫ، އަލުންތިލަ، އަހްމަދު ސުމާއު (24 އ) އެވެ.

ފުލުހުން ބުނީ ސުމާއު ހޯދަނީ މަކަރާއި ހީލަތުން ފައިސާ ހޯދިކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ތަހުގީގުގައި ސުވާލުކުރުމަށް ކަމަށެވެ.

މިމަހުގެ 29 ވަނަ ދުވަހުގެ ހެނދުނު 10:00 ހާއިރު އޭނާ ހާޒިރުވާން އަންގާފައިވަނީ ސ. ހުޅުމީދޫ ޕޮލިސް ސްޓޭޝަން ނުވަތަ އެންމެ ކައިރީގައި ހުރި ޕޮލިސް ސްޓޭޝަނަކަށެވެ.

ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލު ކުރަމުންދާ އިޖުރާއަތު ގަވާއިދުގެ 27 ވަނަ މާއްދާގައި ތަހުގީގަށް ހާޒިރުކުރަން ބޭނުންވާ މީހުންނަށް ޗިޓް ރައްދު ނުކުރެވޭނަމަ އާންމުކޮށް އިއުލާން ކޮށްގެން އެމީހަކު ތަހުގީގަށް ހާޒިރުވުމަށް އެންގުމުގެ ބާރު ލިބެ އެވެ.