ކ. ގުރައިދޫގައި ޝައްކު އުފެދޭ ގޮތަކަށް މަރުވި ތުއްތު ކުއްޖާގެ ހަށިގަނޑު ވަޅުލައިފި އެވެ.
ހަތަރު މަހުގެ މި ކުއްޖާގެ ހަށިގަނޑު ވަޅުލީ މިއަދު އަސުރު ނަމާދަށްފަހު ހުޅުމާލެ ސަހަރާ ގައެވެ.
މި ކުއްޖާ މަރުވީ މިދިޔަ ހުކުރު ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައެވެ.
ކުއްޖާގެ މަރުގައި ޝައްކު އުފެދުނީ މަރުވެފައި އޮތް އިރު ނޭފަތުން ލޭ އައިސްފައި ހުރުމުންނެވެ.
އެހެންވެ ފުލުހުން ވަނީ އެ ކުއްޖާގެ ހަށިގަނޑު މާލެ ގެނެސް މިދިޔަ ބުދަ ދުވަހު ޕޯސްޓްމޯޓަމް ހަދަން އިންޑިއާ އަށް ފޮނުވާފަ އެވެ.
ޕޯސްޓްމޯޓަމް ރިޕޯޓާ ގުޅޭގޮތުން ފުލުހުން އަދި ވަކި އެއްޗެއް ނުބުނެ އެވެ.