ދުނިޔެ

މަޝްވަރާގައި އީރާން ދެމި އޮންނާނެ: ރޫހާނީ

އީރާންގެ ނިއުލްކިއާ ޕްރޮގްރާމްއާ ބެހޭ ގޮތުން އެމެރިކާއާ އެކު މަޝްވަރާކުރުމުގައި ދެމިއޮންނަވާނެ ކަމަށް އީރާންގެ ރައީސް ހަސަން ރޫހާނީ ވިދާޅުވެއްޖެ އެވެ. އޭނާ ވިދާޅުވީ އުންމީދުކުރައްވަނީ ޖޮއިންޓް ކޮމްޕްރެހެންސިވް ޕްލޭން އޮފް އެކްޝަން {ޖޭސީޕީއޯއޭ) އަށް ރުޖޫއަވެ ވަޑައިގަތުމަށް ކަމަށެވެ.

ރޫހާނީ ވިދާޅުވީ ވިއެނާގައި ކުރެވެމުންދާ މަޝްވަރާއިން ނިކުންނާނެ ނަތީޖާ އަދި އެނގި ވަޑާއިނުގަންނަވާ ކަމަށާއި އީރާން މަޝްވަރާއަށް ތައްޔާރު ނަމަވެސް މަޝްވަރާއިން ހެޔޮ ގޮތްތަކެއް އީރާންނަށް ވާންޖެހޭ ކަމަށެވެ.

އެމެރިކާއިން ދައްކާ ވާހަކަތަކުން ކޮޅެއް މެދެއް ސާފުނުވާ ކަމަށް ހަސަން ރޫހާނީ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެމެރިކާ މަސައްކަތްކުރަނީ ލުޔެއް ދިނުމެއް ނެތި ހުރިހާ މޮޅެއް ހާސިކުރުމަށް ކަމަށެވެ.

އީރާނުން ނިއުކްލިއާ ބޮމެއް އުފައްދަން ކުރާ މަސައްކަތްތައް ހުއްޓުވާލުމަށް އެމެރިކާ އިސްވެ ކުރާ މަސައްކަތްތަކުގައި ފަޑުވެރިކަމެއް ނެތް ކަމަށް ޚުދު އެމެރިކާއިން ވެސް ވަނީ ބުނެފަ އެވެ. ދުނިޔެއަށް ވަރަށް މުހިންމު ކަމަކާ ބެހޭ ގޮތުން މަޝްވަރާ ކުރެވޭއިރު އެމެރިކާ މުޅިން ތައްޔާރު ނޫން ކަމަށް ވެސް މިޑިއާތަކުން ބުނެ އެވެ. މަޝްވަރާތަކުން އަލިމަގެއް ނުފެނި ދިގުލައިގެންދާ ސަބަބަކީ އެއީ ކަމަށް ވެސް ބުނެވެ އެވެ.

އީރާންގެ ނިއުކްލިއާ ޕްރޮގްރާމާބެހޭ ގޮތުން ކުރާ މަޝްވަރާތަކާ މެދު ހިތްހަމަޖެހޭ ކަމަށް އެމެރިކާއިން މީގެކުރިން ވަނީ ބުނެފަ އެވެ. ވިއެނާގައި 2015 އެއްބަސްވި އެއްބަސްފުމަށް އަލުން އަމަލު ކުރަން ފަށާއިރު ހައްލުނުކުރެވި ކިތަންމެ ކަމެއް ހުރި ކަމަށް ވެސް ވަނީ ބުނެފަ އެވެ. މިއެއްބަސްވުމަށް އެންމެ ބޮޑަށް ދެކޮޅުހަދަނީ އިޒްރޭލުންނެވެ. އިޒްރޭލުން ގެންދަނީ އެއްބަސްވުން ބަދަލުކުރުމަށް އެމެރިކާއަށް ބާރުއަޅައި ބޮޑާހާކަމުންނެވެ.

ވައިޓް ހައުސްއިން މީޑިއާއަށް މައުލޫމާތު ދެއްވަމުން ޕްރެސް ސެކްރެޓަރީ ޖެން ސާކީ ވިދާޅުވީ، ޖޭސީޕީއޯއޭއަށް ރުޖޫއަވުމަށް އެމެރިކާއިން ނިންމާފައިވާ ނިންމުމަށް އިޒްރޭލަށްޓަކައި ބަދަލު ނުގެނެވޭނެ ކަމަށެވެ.