ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

"ޔޫކޭ ހުޅުވަން އެނގޭނީ ނަމްބަރަށް ބަލައިގެން"

މަގު ޗާޓުގައި ދެން އޮތް މަރުހަލާއަށް ވަޑައިގަތުމަށް ތަފާސްހިސާބުތައް ވަރަށް މުހިންމު ކަމަށާއި ދެން އަޅާނެ ފިޔަވަޅެއް ކަނޑައަޅާނީ ވެކްސިން ޕްރޮގްރާމްގެ ނަތީޖާއަށް ބަލައި ސިއްހީ މާހިރުންގެ އިރުޝާދާއެކު ކަމަށް އިނގިރޭސިވިލާތުގެ ހޯމް ސެކްރެޓަރީ ޕްރިތީ ޕަޓޭލް ވިދާޅުވެއްޖެ އެވެ. ދަތުރުފަތުރަށް ޔޫކޭ ހުޅުވައި ލެވޭނީ އެއަށް ފަހު ކަމަށް ވެސް އެކަމަނާ ވިދާޅުވި އެވެ.

ކޮވިޑާ ދެކޮޅަށް ޔޫކޭގައި ބިޔަ ވެކްސިން ޕްރޮގްރާމެއް ހިންގަމުން ގެންދާއިރު ތަފާސް ހިސާބުތަކުން މިހާރު ދައްކަނީ ހާލަތު ކޮޅެއްގައި ޖެހެމުން އަންނަ ތަނެވެ. އިންޑިއާއިން އަލަށް ފެނިގެން އުޅޭ ކޮވިޑްގެ އާ ވައްތަރުން ދިފާއުވުމަށް ޔޫކޭގައި ވެކްސިން ދިނުމަށް އަމަލު ކުރެވޭ އުސޫލުތައް ރަނގަޅުތޯ ސްކައި ނިއުސްއިން ސުވާލު ކުރުމުން ހޯމް ސެކްރެޓަރީ ވިދާޅުވީ އާދައިގެ ހާލަތައް މަޑުމަޑުން ރުޖޫއާވެވޭތީ ފެނިވަޑައިގަންނަވާ ކަމަށެވެ.

އިނގިރޭސިވިލާތުގެ ހެލްތު އެންޑް ސޯޝަލް ކެއާ ސެކްރެޓަރީ މެޓް ހެންކޮކް ވިދާޅުވީ ޔޫކޭ ދަނީ ރޯޑްމެޕާ އެއްގޮތަށް ކަމަށާއި ކަފި ނުވާ ކަމަށެވެ. އަދި ވިދާޅުވީ ވެކްސިން ދެމުން ގެންދާއިރު ހާލަތަށް އަންނަ ބަދަލު ބައްލަވާ ކަމަށާއި ދެން ކުރިއަށް ދާންވީ ގޮތް ކަނޑައަޅުއްވަނީ ތަފާސްހިސާބުތަކުން ކަމަށެވެ.

ޔޫކޭއަކީ ކޮވިޑްގައި ވަރަށް ބޮޑުވަރުވި ގައުމެކެވެ. މެޓް ހެންކޮކް ވިދާޅުވީ ވެކްސިން ޕްރޮގްރާމް ވަރަށް ކާމިޔާބު ކަމަށާއި 60 މިލިއަން ޑޯޒް ފުރިހަމަ ކުރެވިއްޖެ ކަމަށެވެ.

ޔޫކޭއިން ވަނީ ޔޫކޭ ކޮވިޑާއި ސައުތު އެފްރިކާ ކޮވިޑް އަދި އިންޑިއާ ކޮވިޑްގެ ވައްތަރުތައް ވެސް ފެނިފަ އެވެ.