އިނގިރޭސި ހެލްތު މިނިސްޓަރު ސާޖިދު ޖާވިދުއަށް ކޮވިޑް ޖެހިއްޖެ އެވެ. އޭނާ މިހާރު ހުންނެވީ ގޭގައި އެކަހެރިވެ ވަޑައިގެންނެވެ. ހަބަރުތައް ބުނާގޮތުން ސިއްހީ ވަޒީރަށް ކޮވިޑްޖެހިފައި ވަނީ ރައްކާތެރިވުމުގެ ކޮތުން ކޮވިޑް ވެކްސިންގެ ދެ ޑޯޒް ވެސް ފުރިހަމަ ކުރައްވާފައި ވަނިކޮށެވެ.
އިނގިރޭސިވިލާތުގައި ކޮވިޑްގެ ހާލަތު ތައްކަތުނުވެ ވަނީ ދިގުލައިގެން ގޮސްފަ އެވެ. ކޮވިޑުން ރައްކާތެރިވުމަށް އަޅާފައި ހުރި ހަރުކަށި ފަޔަވަޅުތަކާއެކު ވެސް އުފެދެމުން އަންނަ ޑެލްޓާ ވޭރިއަންޓް ފަދަ އާ ވައްތަރުތަކުގެ ނުރައްކާ އިނގިރޭސިންނަށް އޮތީ ބޮޑުވެފަ އެވެ.
ސާޖިދު ޖާވިދު ވިދާޅުވީ ހުން ގަދަވެ ރޯގާވެފައި ހުންނަތީ ޓެސްޓް ކުރެއްވީ ކަމަށެވެ. އަދި ޕޮޒިޓިވް ކަމަށް ދެއްކުމުން ހެދި ޕީސީއާރު ޓެސްޓުން ބަލި ކަށަވަރުވެފައިވާ ކަމަށް ވެސް އެމަނިކުފާން ވިދާޅުވި އެވެ. އެމަނިކުފާން ވިދާޅުވީ ގޭގައި ހުންނަވައިގެން އޮފީސް ހިންގަވާނީ ކަމަށެވެ.
އިނގިރޭސި ކޮވިޑް ގަވާއިދުތައް ބުނާ ގޮތުން ކޮވިޑް ޖެހިފައި ހުރި މީހަކާ ކޮންޓެކްޓް ވެއްޖެ ނަމަ އެމީހަކު 48 ގަޑިއިރު އައިސޮލޭޝަންގައި ހުންނަން ޖެހެ އެވެ. ރިޕޯޓްތައް ބުނާ ގޮތުން ޖާވިދު ވަނީ ބޮޑުވަޒީރު ބޮރިސް ޖޯންސަންއާ ބައްދަލު ކުރައްވައި މުއާމަލާތް ކުރައްވާފަ އެވެ. އެހެންކަމުން ބޮރިސްއަށް ވެސް ފުރުސަތަކީ އެކަހެރިވެ ވަޑައިގެން ޓެސްޓް ކުރެއްވުމެވެ.
ސާޖިދު ޖާވިދު އިނގިރޭސި ސިއްހަތު ވަޒީރުކަމާ ހަވާލުވެ ވަޑައިގަތީ މީގެ ދެތިން އަފުތާ ކުރިންނެވެ. އެއީ އެމަގާމުގައި ހުންނެވި މެޓް ހެންކޮކް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.