ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ކޮވިޑް ފިޔަވަޅުތައް އަދި އުވާލެވޭކަށް ނެތް: ޔޫކޭ

އިނގިރޭސިވިލާތުގައި ކޮވިޑްގެ އެތައް ވައްތަރެއް ފެތުރިގެންފައި ވާއިރު ބަލިން ދިފާއުވެ ރައްކާތެރި ވުމަށް ސިއްހީ މާހިރުން ދެއްވާފައި ހުރި އިރުޝާދުތައް އަދި އުވައިލެވެން ނެތް ކަމަށް އެ ގައުމުން ބުނެފި އެވެ. މާސްކް އެޅުމާއި ގޭގައި ތިބެގެން މަސައްކަތް ކުރުން އަދި ދެމި އޮންނާނެ ކަމަށާއި ހާލަތާ މެދު ވަކި ގޮތެއް ކަނޑައެޅޭވަރު ވާނީ ޖޫން ނިމޭ ހިސާބުގައި ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ސަރުކާރުގެ ވިސްނުމަކީ ފިޔަވަޅުތައް ލުއި ކުރަމުން ގޮސް އިގުތިސޯދު ހުޅުވާލުން ކަމަށާއި އިންޑިއާގައި މިހާރު ފެތުރެމުން އަންނަ ކޮވިޑުން ރައްކާތެރި ވުމަށް އަޅާފައި ހުރި ފިޔަވަޅުތަަކަށް އާނުމުން އަމަލު ކުރޭތޯ ބަލާނެ ކަމަށް ހުކުރު ދުވަހު ޓައިމްސްގައި އޮތް ރިޕޯޓެއްގައި ބުނެފައިވެ އެވެ.

ކޮވިޑުން އަވަހަށް އަރައިގަތުމަށް މާސްކުއަޅަން އަންގާފައި ވަނީ ވަކި ފަރުދެއް އިސްތިސްނާނުކޮށް ކަމަށާއި މާސްކް އަޅަން ޖެހޭ ކަމަށް ބުނަނީ މާސްކް އަޅަން ޖެހުނީމާ ކަމަށް ވެސް ވަނީ ބުނެފަ އެވެ. ސިއްހީ ނިޒާމު ބޮއްސުންލައިގެން ދިޔަ ނުދިނުމަށް މާހިރުން ދީފައި ހުރި އިރުޝާދަށް ހުރިހާ އެންމެން ވެސް އަމަލުކުރަން ޖެހޭނެ ކަމަށް ވެސް ޓައިމްސްގައި ބުނެފައި ވެއެވެ.

ރިޕޯޓްގައި ބުނެފައިވާ ގޮތުން ކޮވިޑް ސެޓިފިކޭޓްތައް ތައްޔާރު ނުކުރެވުނު ނަމަވެސް ހާލަތަށް ބަލައި އިގުތިސޯދު ހުޅުވާލާނެ އެވެ. އަދި ބުނީ ކޮވިޑްގެ އަދަދުތަކަށް ބެލުމަށް ފަހު އާދައިގެ ދިރިއުޅުމަށް ރުޖޫއަވުމަށް މަގުފަހި ކޮށްދޭނެ ކަމަށެވެ.