ރައްޔިތުންގެ މަޖިލިސް

ގަތަރުގެ ނޮން ރެސިޑެންޓް ސަފީރުކަމަށް އުމަރު ލާން ރުހުން ދީފި

ގަތަރަށް ރާއްޖެއިން ކަނޑައަޅާ ނޮން ރެސިޑެންޓް ސަފީރު ކަމަށް ހ، ހިކިފިނިފެންމާގޭ، އުމަރު އަބްދުއް ރައްޒާގު އައްޔަނު ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފި އެވެ.

އޭނާއަކީ މިހާރު ވެސް ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރެވެ. އޭނާ ގަތަރުގެ ނޮން ރެސިޑެންޓްކަމަށް އައްޔަން ކުރަން ފެނޭތޯ މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓުގައި 53 މެމްބަރަކު ފެންނަކަމަށް ވޯޓު ދެއްވި އެވެ. ނުފެންނަ ކަމަށް އެއްވެސް މެމްބަރަކު ވޯޓެއް ނުދެއްވަ އެވެ.

އޭނާގެ މީގެ ކުރިން ވެސް ވަނީ އެކި މަގާމުތައް ފުުރުއްވައިފަ އެވެ. އެގޮތުން ވޯކްސް ކޯޕަރޭޝަންގެ ޗެއާމަންކަން ކުރައްވާފައިވެއެވެ.

އުމަރު ގަތަރުގެ ނޮން ރެސިޑެންޓް ސަފީރުގެ މަގާމަށް އައްޔަން ކުރަން ރުހުން ދިން އިރު ފަލަސްތީނު ހިމެނޭ ގޮތަށް ގިނަ އަދަދެއްގެ ގައުމުތަކަށް މިފަހުން ނޮން ރެސިޑެންޓް ސަފީރުން ކަނޑައަޅާފައި ވެއެވެ.