ދިރާގުން މަމެން ޑޭޓާ އެޑް-އޯންސް ތަކުގެ އަގު 50 ޕަަސެންޓް ހެޔޮކޮށް އަނެއްކާވެސް ޕްރޮމޯޝަނެއް ފަށައިފި އެވެ.
ދިރާގުން ބުނީ މިހާރު ކުރިއަށް ގެންދާ ޕްރޮމޯޝަން އަންނަ މަހުގެ ނިޔަލަށް ކުރިއަށްދާނެ އެވެ. މި މުއްދަތުގައި މަމެންގެ ބައެއް ޑޭޓާ އެޑް އޮން ތަކުން ޑިސްކައުންޓް ލިބޭނެ އެވެ. ދިރާގު މަމެންއަކީ ތިމާގެ ފޯނުގައި ހުންނަ ޑޭޓާ ބޭނުން ގޮތަކަށް ސެޓް ކޮށްލެވޭ ފަސޭހަ ހިދުމަތެވެ. މި މޮބައިލް ޕްލޭންއަކީ ޒުވާނުންގެ މެދުގައި ނުހަނު މަގުބޫލުކަން ހޯދައިފައިވާ އެޕެކެވެ.
ދިރާގުން އަބަދު ވެސް މަސައްކަތްކުރަނީ ޒުވާނުންގެ ޑިޖިޓަލް ތަޖުރިބާ އަށް އިތުރު ފުރިހަމަކަމެއް ގެނެސްދިނުމަށެވެ.
ދިރާގު ޑޭޓާ އެޑް-އޯން ނަގަން ބޭނުންވާ ކަސްޓަމަރުން މަމެން މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް "އެޑް-އޮންސް" ޓެބުން ލިބެން ހުންނަ އެޑް-އޯންސްތައް ބަލާލެވޭނެ އެވެ. އެގޮތުން މަމެން އެޑްއޯން ޕެކޭޖުގައި 2ޖީބީ އާއި 3ޖީބީ އަދި 6 ޖީބީ ގެ އިތުރުން 12 ޖީބީގެ އެޑް-އޯންސްތައް ވެސް ހިމެނެ އެވެ.
އެ ކުންފުނިން ވަނީ ހުރިހާ ކަސްޓަމަރުން ވެސް އެޑްއޯން ގަތުމުގެ ކުރިން އެކައުންޓް ބެލެންސް ނުވަތަ ބާކީ ޗެކް ކުރުމަށް އިލްތިމާސް ކޮށްފަ އެވެ. އެގޮތުން އެކައުންޓްގެ ބާކީ ބެލުމަށް މަމެން މޮބައިލް އެޕް ނުވަތަ 727 އަށް އެސްއެމްއެސް ކޮށްގެން ނުވަތަ *142# އަށް ގުޅާލައިގެން ވެސް މި ޕެކޭޖު ބަލާލެވޭނެ އެވެ.