ލައިފްސްޓައިލް

އަމިއްލައަށް ކައްވަޅަށް އެރުނު މީހާއަށް ލަނޑެއް

May 26, 2021
ޓިއުނީޝިއާ މީހާ ސަހަރާގައި
0%
0%
0%

ޓިއުނީޝިޔާ މީހަކު އަމިއްލައަށް ސަހަރާއަކަށް ވަދެ ވަޅުލެވެން އުޅެނިކޮށް ލަނޑެއް ލިބިއްޖެ އެވެ.

މިމީހާ ސަންދޯއް ބަހައްޓާ ވަޅުގަނޑަކަށް އެރި ސިމެންތިން އެ ވަޅުގަނޑުގެ މަތި ބެއްދީ އެވެ. އަދި ކުއްލިއަކަށް އޭނާގެ ހިޔާލު ބަދަލުވެ ވަޅުގަނޑުން އަރަން ބޭނުންވި އެވެ. ނަމަވެސް ސިމެންތިތައް ހިކިފައި ހުރުމުން އޭނާއަށް ވަޅުގަނޑުގެ މަތި ނެގޭނެ ގޮތެއް ނުވެ ވަޅުގަނޑުގައި ތާށީވީ އެވެ. ނަސީބަކުން އެމީހާގެ އަތުގައި ފޯނު އޮތުމުން ކަމާ ބެހޭ އިދާރާއަށް ގުޅައި އެހީއަށް އެދުނެވެ.

ސެކިއުރިޓީ އޮފިޝަލުން ސަހަރާއަށް އައިސް އެމީހާ ވަޅުލެވިގެން އޮތް ސަންދޯކުން ނެގިއިރު ވަރަށް ބޮޑަށް މަސްތުވެފައި އޮތުމުގެ ސަބަބުން އެމީހާއަށް ވާނުވާ ވެސް ނޭނގޭ ވަރު ވެފައި އޮތް ކަމަށެވެ.

ޓިއުނީޝިއާގެ އޮފިޝަލުން ބުނި ގޮތުގައި މި މީހާ މިފަދަ ކަމެއް ކުރަން ދިމާވީ ކޮންފަދަ ހާލަތެއް ދިމާވެގެންތޯ ތަހުގީގުކުރަމުންދާ ކަމަށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910