ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އަބްދުއްރަހީމް އަބްދުﷲ

ހާލަތުން އަރައިގަތުމަށް ސަރުކާރަށް އެހީވާން ތައްޔާރު: އިދިކޮޅު

ރައީސް ޔާމީންގެ ވެރިކަމުގައި މަޖިލިސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތަކަށް ވަޑައިގަތުމުން އޭރު މަޖިލިސް މެންބަރެއްގެ ގޮތުގައި ހުންނެވި ރައީސް ސޯލިހް ރައީސް ޔާމީނާ ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ސޯޝަލް މީޑިއާ
70%
20%
10%

އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް ރައީސް އަބްދުﷲ ޔާމީނާއި ޕީޕީއެމާއި ޕީއެންސީ ހިމެނޭ އިދިކޮޅު ކޯލިޝަން އޮތީ ގައުމަށް ކުރިމަތިވެފައި އޮތް ހާލަތުން އަރައިގަތުމަށް ސަރުކާރަށް އެހީތެރިވެ އެއްބާރުލުން ދޭން ތައްޔާރަށް ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފި އެވެ.

އިދިކޮޅުން އެހެން ބުނީ ރާއްޖޭގެ އިގްތިސޯދީ ހާލަތު ރަނގަޅު ކުރަން ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު، އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި ކުރީގެ ރައީސް އަދި އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރު ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އެހީތެރިވެ ދެއްވައިފިނަމަ އެކަން ބަލައިގަންނާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރޭ ވިދާޅުވުމާ ގުޅިގެންނެވެ.

ރައީސް ސޯލިހްގެ އެ ވާހަކަފުޅުތަކާ ގުޅުވައި އަވަސް އިން ސުވާލު ކުރުމުން އިދިކޮޅު ކޯލިޝަން ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި ވަގުތީ ލީޑަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ގައުމަށް މިއަދު ކުރިމަތިވެފައި އޮތް ހާލަތަކީ ސިޔާސީ ކަމަކަށް ހަދައިގެން ކަންކަން ކުރެވޭނެ ހާލަތެއް ނޫން ކަމަށެވެ.

"މިއީ ގައުމީ ކަމެއްގެ ގޮތުގައި ހާލަތު ބަދަލު ކުރަން މަސައްކަތް ކުރަންވީ ވަގުތު. ޕީޕީއެމްގެ ރައީސް، ކުރީގެ ރައީސް ޔާމީން އެ ހުންނެވީ ސަރުކާރުން އެދުނު ކޮންމެ އެހީތެރި ކަމެއްގައި އެހީތެރިވެ ދޭން ތައްޔާރަށް. އަޅުގަނޑުމެން ކޯލިޝަނުން މަސައްކަތް މިކުރަނީ ރައީސް ޔާމީންގެ އިރުޝާދާ އެއްގޮތަށް،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައީސް ޔާމީނާ ދެކޮޅަށް މި ސަރުކާރުން ސިޔާސީ ގޮތުން ކަންތައްތަކެއް ކުރި ނަމަވެސް ރައީސް ޔާމީން ހުންނެވީ ގައުމުގެ ހާލަތު ރަނގަޅު ކުރުމަށްޓަކައި ގައުމީ ވިސްނުމުގައި ކުރިއަށް ވަޑައިގަތުމަށެވެ.

ސަރުކާރަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އިދިކޮޅު ކޯލިޝަނުން މީގެ ދުވަސް ތަކެއް ކުރިން ހުށަހަޅާފައިވާ ކަން ފާހަގަ ކުރައްވަމުން އަބްދުއްރަހީމް ވިދާޅުވީ އެ ހުށަހެޅުމަށް ސަރުކާރުން ޖަވާބެއް ދީފައި ނުވާ ކަމަށެވެ. އިދިކޮޅު ކޯލިޝަނަށް ނިސްބަތްވާ 1،200 މީހުންގެ ލިސްޓެއް ވޮލަންޓިއަރުންގެ ގޮތުގައި މަސައްކަތް ކުރުމަށް ސަރުކާރަށް ފޮނުވި ކަމަށާއި އެމީހުންގެ ބޭނުން ސަރުކާރުން ހިފާފައި ނުވާ ކަމަށް ވެސް ވިދާޅުވި އެވެ.

ކޮވިޑްގެ ހާލަތުން އަރައިގަތުމަށްޓަކައި ސަރުކާރަށް އެހީތެރިވުމަށް އިދިކޮޅު ކޯލިޝަނުން އިސްވެ ދާދި ފަހުން ވެސް ސިޓީ އަކުން ސަރުކާރުގައި އެދިފައިވާނެ ކަމުގައި ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.

"އެ ސިޓީގެ ޖަވާބު ލިބިއްޖެ. ޖަވާބުގައި އޮތީ ހެލްތު މިނިސްޓްރީއަށް އަންގާނަމޭ އިދިކޮޅު ފަރާތްތަކުގެ އެހީތެރިކަން ބޭނުންވާނަމަ ގުޅަން. އަދި ނުގުޅާ. ގުޅީމާ އަޅުގަނޑުމެން އެހީތެރިވާނަން،"

އަބްދުއްރަހީމް އިތުރަށް ވިދާޅުވީ ސަރުކާރުގެ އިހްލާސްތެރިކަން އޮތް ނަމަ އިދިކޮޅު ފަރާތްތަކުން އިސްވެ އެހީތެރިކަން ދޭން ހުށަހެޅުމުން އެ އެހީތެރިކަން ހޯދާނެ ކަމަށެވެ. އެހެންކަމުން ގުޅިގެން މަސައްކަތް ކުރުމުގެ ރޫހު ސަރުކާރުގެ ތެރެއިން ފެންނަމުން ނުދާ ކަމަށާއި އެކަމާ ހިތާމަ ކުރައްވާ ކަމުގައި ވެސް ވިދާޅުވި އެވެ.

"ރައީސް ނާސިރުގެ ވެރިކަމުގައި ކޮލެރާ އައީ. ރައީސް މައުމޫންގެ ވެރިކަމުގައި ނޮވެމްބަރު ތިނެއްގެ ހާދިސާއާއި ސުނާމީ އައީ. އަޅުގަނޑުމެންނަށް އޭރު ފެނުނީ ގައުމަށް ދިމާވި އެފަދަ ބޮޑެތި ހާދިސާތަކުގައި އެންމެން ގުޅިގެން މަސައްކަތް ކޮށް ހާލަތު ރަނގަޅު ކުރިތަން،" ގައުމަށް ދިމާވި ބޮޑެތި ކަންކަމުން ސަލާމަތް ވުމުގައި މާޒީގައި އަމަލުކުރި ގޮތް ހިއްސާ ކުރައްވަމުން އަބްދުއްރަހީމް ވިދާޅުވެފައިވެ އެވެ.

9 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ފާތިމަ

ކާލި ބައިން އެހީވޭ. ޅޮލް

ތިރިބެ

އަވަހައް އެމްއެންޕީއާރުސީ ން ކާލި ލާރިތައް ދައުލަތާހަވާލުކުރޭ އޭރުން ހުރިހާއްރައްޔަތުންނައް ހަމަހައަ ބަހާލައި 2 މަސްދުވަހު ގޭގަ މަޑުކޮއްލީމަ ވަރައްބޮޑުތައް ދައްވާނެ (އަގަނުތަޅާ) ރައްޔިތުން ގުބޯނުހައްދާ

ނަމޫނާ

ސާބަހޭ ރައީސް ޔާމީން ތީ އޭ ރައްޔަތުން މަނިކުފާން ދެކެ ލޯބިވާ ކަމަކީ.ޤައުމީވަންތަ ވިސްނުން ޤައުމުދެކެ ވާ ލޯބި،ރައްޔަތުންނާމެދު ވިސްނަވާ ވަރު، ދިވެހި ރައްޔަތުން ހިތުން ރުހުމުން ޤަބީލް ކުރާނެ މިއަދު މީ އެމްޑީޕީ ގެ ސަރުކާރެއް ނޫންނަމަ މި އެމްޑީޕީ ބައިގަނޑު ތިބޭނީ މަގުމަތީގަ މުޒާހަރާކުރަން، ފުލުހުންނާ ސިފައިންނަށް ޖެއްސުން ކުރަން، މި ހަޤީގައި މި ދައުމު ހެކިވާނެ ޤަބޫލް ކުރާނެ.

ކޮވިޑް ސޯލިހް

ރީތި ހިތްގައިމު ނަމޫނާ އެއް. މިއަދު މީ އެމްޑީޕީ ނޫން ބަޔެއްގެ ވެރިކަން ނަމަ އެމްޑީޕީ ބައިގަނޑު ތިބޭނީ މަގުމަތީގަ މިކަން މި ޤައުމުގެ އެންމެނ

ޕީ ޕީ އެން ސީ

ދުނިޔޭގެ ކަންކުރަމުންދާގޮތަށް ބަލާއިރު މާލެސިޓީގެ ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަމަށް މާލޭގެ މޭޔަރަށް ޚާއްސަ މަސައްކއތް ތަކެއް ކުރެވޭނެ ކަމަށް ދެކެން. އެގޮތުން ތިރީގައިމިވާ ކަންތައް ފާހަގަކުރަން:- 1- ނަރުހުންނާ ޑޮކްޓަރުން ޗައިނާ އިން ލިބޭތޯ ބެލުން. 2- ވެކުސިން، ޓެސްޓު ކިޓު، ބޭސް ހޯދުން. 3- މިބަލިމަޑުކަމުން އެއްމެ ކާމިޔާބުކަމާއެކު ސަލާމަތް ވެފާވާ ގައުމަކީ ޗައިނާ ކަމަށް ވާތީ އެމީހުންގެ އެހީތެރިކަން ހޯދުން. 4- މާލޭގެ ރައްޔިތުންނަށް ބޭނުންވާ އެއްމެ އަސާސީ ކަންތައްހައްލު ކުރުމަށް ބޭނުންވާ ފައިސާ ލިބޭތޯބެލުން. 5- ރައީސް ޔާމީނުގެ ލަފާފުޅާ އެހީތެރިކަން އެއްމެ މަތީދަރަޖައިގާ ހޯދުން.

އިހުސާން

ޔާމިނު މިނިވަން ކުރަން ޝަރުތެއް ނުކުރަންތޯ؟

ކަނޑުދާއްބަ

ކަލޭއައް ލިޔަން ކިޔަންވެސްނޭގޭދޯ ވަރައްވުރެގަމާރުވީމަ ވާނީވެސްއެހެންދޯ މިބަލާވެރިކަމުން ސަލާމަތް ވުމައް ރައީސް ޔާމީން މިނިވަންކުރަން ޖެހޭނެ ނުހައްގުން ރައީސް ޔާމީން ޖަލައްލާގެންތި އެމްޑީޕީ ބާގަނޑު ހިންހަމަޖައްސަންވެގެން ލާދީނީ ގުންޑާ

ޖަހާލަދީ

ޢަދުރޭ ދެން ކަލޭ ޔަށް ކޮށް ދެވަެނެ ކަމަކީ މަދުން ހުރުން. މަގޭ މަންމަ ކަލޭ ބުނިބަހަށް ވެކްސިން ނުޖަހަ ހުއްޓަ އެހެރީ ކޮވިޑް ޖެހިފަ. މަންމަ ޔަށް ކަމެއް ވެއްޖެޔާ މިކަން އެޅޭނީ ކަލޭ ބޮލުގަ

ރަ ރައްޔިތު

އިދިކޮޅުގެ އެހީތެ ރިކަން ހޯދަންވީ ވަގުތު އަތުވެއްޖެ! މިހާރުން މިހާ ރަށް ރ ޔާމީން މިނިވަންކޮށް އެމަނިކުފާނުގެ ލަފަޔާ މަޝްވަ ރާގެމަތިން އިގްތިސާދީ އެންމެހާ ހަހަރަކާތްތައް ކު ރިއަށް ގެންދިއުމަށް ސަ ރުކާ ރަށް ގޮވާލަމެވެ.

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345