ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެޗްޕީއޭ

އެކަހެރި ކުރުމާއި ރިލީޒް ލިޔުން ދިނުން ހުއްޓާލައިފި

ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުން އެކަހެރި ކުރުމާއި ރިލީޒް ލިޔުން ދިނުން ހުއްޓާލަން ނިންމާފައިވާ ކަމަށް އެޗްޕީއޭ އިން ބުނެފި އެވެ.

އެޗްޕީއޭ އިން މިއަދު ބުނީ އެކަހެރި ކުރާ މީހުނަށް ލިޔުން ދިނުން ހުއްޓާލައިފައި ވަނީ ބަލިވާ މީހުން ބަލިން ފަސޭހަ ވާނެ ތާރީހު ދެނެގަންނަން ނޭނގޭތީ ކަމަށެވެ. އެގޮތުން އެކަހެރިކުރާ ތާރީހުން ފެށިގެން 14 ދުވަހަކަށް ކަރަންޓީނު ކުރި ނަމަވެސް 14 ދުވަހުގެ ފަހުން ވެސް ބައެއް މީހުންގެ ހަށިގަނޑުގައި ބަލީގެ އަލާމާތްތައް ހުންނަ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

ބަލިން ފަސޭހަ ނުވިޔަސް ލިޔުމުން 14 ދުވަހުގެ މުއްދަތެއް ދޭތީ އެމީހަކު ރިލީޒް ކުރެވިގެން ދާނެ އެވެ. ޕޮޒިޓިވްވާ މީހާގެ ބަލި ހާލަތުގެ ގޮތުން އެކަހެރިވާން ޖެހޭ މުއްދަތު ތަފާތުވާ ކަމަށް އެޗްޕީއޭ އިން ފާހަގަކުރެ އެވެ. އެގޮތުން ކެއްސުން ގޯސްވުން ފަދަ ކަންކަން ހުންނަ މީހުން 21 ދުވަހަށް އެކަހެރި ވާން ޖެހެ އެވެ.

އެޗްޕީއޭ އިން އިތުރަށް ބުނީ ފަރުވާ ދިނުމަށް މެޑިކަލް ފެސިލިޓީއެއްގައި ހުރި މީހެއްނަމަ އެކަހެރިވާން ޖެހޭ މުއްދަތު 14 ދުވަހަށްވުރެ އިތުރުވާ ކަމަށާއި އެފަދަ މީހުން އެކަހެރި ކުރާންޖެހޭ މުއްދަތު އެނގޭނީ ޑޮކްޓަރުންގެ ލަފަޔާ އެކުގައި ކަމަށެވެ.

އެޗްޕީއޭގެ ލިޔުން ނުލިބޭނަމަ ބަލި މީހުން ބޭރުތެރޭގައި އުޅޭ މައްސަލަތައް އަންނަނީ ފެންމަތިވަމުންނެވެ. އެކަހެރިކުރާ މުއްދަތު ނުވަތަ ކަރަންޓީނުގެ މުއްދަތު ހަމަވުމުން ބަލީގެ އަސަރު ހުންނަ މީހުން ބޭރަށް ނިކުމެ އުޅޭ ޝަކުވާތައް ލިބޭ ކަމަށް އެޗްޕީއޭ އިން ބުނެ އެވެ.