ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް

ކިޑްނެޕްގެ ތުހުމަތުވި ދެ މީހުނަށް ދައުވާ ކުރަން ފޮނުވައިފި

May 26, 2021

އަންހެނަކު ކިޑްނެޕް ކޮށްގެން ރޭޕްކު ރަން އުޅުނު ކަމުގެ ތުހުމަތުވި ދެ މީހުންގެ މައްޗަށް ދައުވާ އުފުލައިފި އެވެ.

އަންހެނަކު ކިޑްނެޕް ކޮށްގެން ރޭޕް ކުރަން އުޅުނު ކަމުގެ ތުހުމަތުގައި މިދިޔަ އޭޕްރީލް މަހުގެ 16 ވަނަ ދުވަހުގެ ރޭ ހައްޔަރު ކުރީ ހދ. ނޭކުރެންދޫ، ވިނަރެސް، އާދަމް ވިޝާން 18، އާއި ހދ. ވައިކަރަދޫ، މިލާފަރު، އަލީ ރަޝީދު 23، އެވެ. މި ދެ މީހުންނަކީ ވެސް ކުށުގެ ރެކޯޑް އޮތް ދެމީހުންނެވެ.

އެ މީހުން ހައްޔަރުކުރީ މާފަންނު ލެމަންގްރާސް ހުންނަ މަގުން ހިނގާފައި ދިޔަ އަންހެނަކު މަގުމަތިން ހުއްޓުވައި، އެރޭ 8:20 ހާއިރު އޭނާގެ ނުރުހުމުގައި ގަދަކަމުން ކޮޓަރިއަކަށް ވައްދާ ރޭޕް ކުރަން އުޅުމުގެ ތުހުމަތުގަ އެވެ.

ޕީޖީ އޮފީހުން ބުނީ ހުއްދަ ނޫން ގޮތެއްގައި މީހަކު ހިފެހެއްޓުމުގެ ދައުވާ އާއި އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާ އެ ދެ މީހުންގެ މައްޗަށް އުފުލާފައެވެ.

ވިޝާން އާއި އަލީ ރަޝީދުގެ މައްޗަށް ދައުވާ ކުރަން ފޮނުވާފައިވާއިރު މިހާރު އެ ދެ މީހުން ވަނީ ދޫކޮށްލާފަ އެވެ.