ހަބަރު

ހާބަރު ސަރަހައްދުގެ ބައެއް ތަންތަން ހުސްކޮށްފި

ހާބަރު ސަރަހައްދު ތަރައްގީ ކުރަން އެސަރަހައްދުގެ ބައެއް "ކަޑަ" ތައް ހައުސިން މިނިސްޓްރީ އިން ހުސްކޮށްފި އެވެ.

ހައުސިން މިނިސްޓްރީގެ މުވައްޒިފުން ވަނީ މިއަދު ވަނީ އެސަރަހައްދަށް ގޮސް ހަދަމުންދާ ޕާކު ކައިރީ ހުރި 14، 15 އަދި 16 ވަނަ ކަޑަ ހުސްކޮށްފަ އެވެ.

އެ މިނިސްޓްރީ އިން ބުނީ އެ ސަރަހައްދު ހުސްކުރީ، އެ ސަރަހައްދު ތަރައްގީ ކުރުމަށް ޓަކައި ކަޑަތަށް ހުސްކުރަން ދީފައިވާ 15 ދުވަހުގެ މުއްދަތު ހަމަ ވުމުގެ ސަބަބުން ކަމަށެވެ. އަދި އެސަރަހައްދުގެ ހުރި އެހެން ބައެއް ކަޑަތަށް ހުސްކުރުމަށް މިދިޔަ މަހު އަންގައިފާވާނެ ކަމަށް ވެސް އެމިނިސްޓްރީ އިން ބުނެފައިވެއެވެ.

ހައުސިން މިނިސްޓްރީ އިން ވަނީ އެ ސަރަހައްދުގައި ކޮމިއުނިޓީ ޕާކެއް ހެދުމަށާއި އަދި މުޅިން އަލަށް އަޅައި ދެ މަގު ހެދުމުގެ މަސައްކަތް ކުރުމަށް ރާވައިފަ އެވެ.