ދިރާގު

ދިރާގުން ބުނަނީ ގޭގައި ތިބޭށޭ، ހިލޭ ޑޭޓާ ދޭނަމޭ

May 27, 2021

ކޮވިޑް-19 ގެ ސަބަބުން މާލެ ސަރަހައްދު މިވަނީ ލޮކްޑައުންކޮށްފަ އެވެ. ބޭރުގައި އުޅުން މި ދުވަސްވަރު މިއީ ރައްކާތެރިކަމެއް ނޫނެވެ. އެހެންވެ ހުރިހާ މީހުންވެސް ތިބެންވީ ގޭގަ އެވެ. ޒަރޫރީ ބޭނުމަކަށް ނޫނީ ބޭރަށް ނުކުތުން ރަނގަޅެއް ނޫނެވެ. އެހެންވެ ދިރާގުން މިވަނީ ގޭގައި ތިބެން ބާރު އަޅަން ޑޭޓާ ދޫކުރަން ފަށާފަ އެވެ. ދިރާގުން ބުނީ ގޭގައި ތިބޭށެވެ. ހިލޭ ޑޭޓާ ލިބޭނެ އެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމުން ރައްކާތެރިވުމަށް ސަރުކާރާއި ކަމާ ބެހޭ އިދާރާތަކުން ރައްޔިތުން ގޭގައި ތިބުމަށް އަންގާފައިވާ މި ދަނޑިވަޅުގައި ދިރާގުން ހިލޭ އިތުރު ޑޭޓާ އަދި ޑޭޓާގެ ހާއްސަ އޮފާ ތަކެއް ދިރާގު ފިކްސްޑް ބްރޯޑްބޭންޑް އަދި މޮބައިލް ކަސްޓަމަރުންނަށް ދޭން ހަމަޖައްސާފައިވެ އެވެ.

ދިރާގުން ޑޭޓާ ދިނުމުގައި މިހާރުގެ ހާލަތަށް ވަރަށް ބޮޑަށް ބަލާފައިވެ އެވެ. އެގޮތުން މިދިޔަ އަހަރެކޭވެސް އެއްފަދައިން އޮފީސް މަސައްކަތް ރިމޯޓްކޮށް ކުރިއަށް ގެންދިޔުމާއި ކިޔަވާ ކުދިން ކްލާސް ތަކަށް އޮންލައިންކޮށް ހާޒިރުވާން ޖެހޭތީ އެކަމަށް ހާއްސަ ސަމާލުކަމެއް ދީފައިވެ އެވެ. އެހެންވެ މި ދަނޑިވަޅުގައި އިންޓަނެޓް ބޭނުންކުރުމަށް ދިރާގުން ބާރު އަޅަ އެވެ. ހިލޭ ޑޭޓާ ލިބިގެން ދާނީ އަންނަ މަހު އެވެ.

ފިކްސްޑް ބްރޯޑްބޭންޑް އަދި މޮބައިލުން ލިބޭ ހިލޭ ޑޭޓާ

  • ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ޖޫން މަހަށް 30 ޕަސެންޓް އިތުރު ޑޭޓާ ހިލޭ
  • ދިރާގު ޕޯސްޓްޕެއިޑް އަދި ދިރާގު އަމިއްލަ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް 25 ޕަސެންޓާއި 200 ޕަސެންޓާ އާ ދެމެދުގެ ހިލޭ ޑޭޓާ ޖޫން މަހު
  • ދިރާގު ޕޯސްޓްޕެއިޑް "ވަގުތުން ގެއަށް އިންޓަނެޓް" ކަސްޓަމަރުންނަށް 30 ޕަސެންޓް ހިލޭ އިތުރު އެލަވަންސް
  • ދިރާގު ޕޯސްޓްޕެއިޑް ޑޭޓާ ސިމް ގެންގުޅުއްވާ ކަސްޓަމަރުންނަށް 30 ޕަސެންޓް ހިލޭ އިތުރު އެލަވަންސް

ދިރާގުގެ މި އޮފާސްގެ ދަށުން ބޫސްޓާ ޕެކޭޖުތަކުން ވެސް ބޮޑު ޑިސްކައުންޓެއް ދޭނެ އެވެ.

ބޫސްޓާ، ޑޭޓާ އެޑް-އޮން އަދި ބަންޑްލްސް ތަކަށް ލިބޭ ހިލޭ ޑޭޓާ

ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް އެކްޓިވޭޓް ކުރައްވާ ކޮންމެ ބޫސްޓާ އަކުން ދެ ގުނަ އިތުރު ޑޭޓާ އެލަވަންސް ލިބޭނެ އެވެ. އަދި މޮބައިލް ޕޯސްޓްޕެއިޑް ކަސްޓަމަރުން އެކްޓިވޭޓް ކުރައްވާ ކޮންމެ ބޫސްޓާ އަކުން ވެސް ދެ ގުނަ އިތުރު ޑޭޓާ ލިބިގެންދާނެ އެވެ. މީގެ އިތުރުން ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް 50 ޕަސެންޓް އިތުރު އެލަވަންސް ކޮމްބޯ ޕޮލޭން ތަކުން ލިބިގެން ދާއިރު، 200 ޕަސެންޓް އިތުރު ޑޭޓާ އެލަވަންސް މިނީ ޑޭޓާ އެޑް އޮންތަކުން އެކްޓިވޭޓް ކުރައްވާ ދުވަހުން ފެށިގެން 30 ދުވަހުގެ މުއްދަތަށް ލިބިގެންދާނެ އެވެ.

ދިރާގު ޕްރީޕެއިޑް "ވަގުތުން ގެއަށް އިންޓަނެޓް" ކަސްޓަމަރުންނަށް އެކްޓިވޭޓް ކުރައްވާ ޕެކޭޖްތަކުން 30 ޕަސެންޓް އިތުރު ހިލޭ ޑޭޓާ އަލަވަންސް ލިބިގެންދާނެ އެވެ. އަދި "ވަގުތުން ގެއަށް އިންޓަނެޓް" ބޫސްޓާ އެކްޓިވޭޓް ކުރުމުން 100 ޕަސެންޓް އިތުރު އެލަވަންސް ލިބިގެންދާނެ އެވެ. މީގެ އިތުރުން ޑޭޓާ ސިމް އިން އެކްޓިވޭޓް ކުރައްވާ ޑޭޓާ އެޑް-އޮން ތަކުން 30 ޕަސެެންޓް ހިލޭ އިތުރު ޑޭޓާ އެލަވަންސް ލިބޭނެ އެވެ.

ދިރާގު ޑޭޓާ ސިމުން އެކްޓިވޭޓް ކުރައްވާ ބޫސްޓާތަކުން 100 ޕަސެންޓް އިތުރު އެލަވަންސްށް ލިބޭނެ އެވެ.

އެ ކުންފުނިން ބުނީ ކަސްޓަމަރުން އެކްޓިވޭޓް ކުރައްވާ ޑޭޓާ އެޑް-އޮން އަދި ބޫސްޓާ ތަކަށް ހިލޭ އިތުރު ޑޭޓާ ލިބޭނީ މިއަދުން ފެށިގެން އަންނަ މަހުގެ ނިޔަލަށް ކަމަށެވެ. މީގެ އިތުރުން ދިރާގު މަމެން ކަސްޓަމަރުންނަށް މިހާރު ހިނގަމުންދާ ޕްރޮމޯޝަނުގެ ދަށުން އަންނަ މަސް ނިމުމުގެ ކުރިން އެކްޓިވޭޓް ކުރުމުން ޑޭޓާ އެޑްއޯންތަމުން ވެސް 50 ޕަސެންޓް ލިބޭނެ އެވެ.