އެޗްޑީސީ

ހުޅުމާލޭގައި 116 ހައުސިން ޔުނިޓް އަޅަން އާރްސީސީއަށް

ހުޅުމާލޭގައި މީހުން ދިރިއުޅުމަށް ހާއްސަ ކޮށްގެން އެޕާޓްމަންޓްތަކެއް އިމާރާތްކޮށް ވިއްކަން ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ) އާ އެކު އެޗްޑީސީން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ވާޗުއަލް އިއްޔެ ކުރިއަށް ގެންދިޔަ ރަސްމިއްޔާތެއްގައި އާރްސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރަޝީދު އެވެ. އެޗްޑީސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހްމަދު އެވެ.

އެޗްޑީސީން ބުނީ މި ޕްރޮޖެކްޓަކީ ހުޅުމާލޭގައި އެކި ފަންތީގެ ބޯހިޔާވަހިކަމުގެ ގިނަ މަޝްރޫއުތަކެއް ހިންގުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ރިކުއެސްޓް ފޯ ޕްރޮޕޯސަލް (އާރްއެފްޕީ) އަށް ހުޅުވާލެވުނު ޕްރޮޖެކްޓެއް ކަމަށެވެ.

ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ޕްލޮޓް ނަމްބަރު S1/1 ގައި ޖުމްލަ 24،098.22 އަކަފޫޓޫ ހުންނަ މި ބިމުގައި މިމަޝްރޫއުގެ ދަށުން 116 ޔުނިޓް އިމާރާތް ކުރާނެ އެވެ.

މީގެތެރެއިން 78 ޔުނިޓަކީ އެއްބަސްވުމުގައިވާ ގޮތުން ވިއްކޭނެ އެންމެ މަތީ އަގެއް ކަނޑައެޅިފައިވާ ޔުނިޓްތަކެކެވެ. އެގޮތުން މިތަނުން ކޮންމެ ޔުނިޓެއް ވިއްކޭނެ އެންމެ ބޮޑު އަގަކީ އަކަފޫޓަކަށް 1،800 ދިވެހި ރުފިޔާ އެވެ. އަދި ބާކީ 38 ޔުނިޓަކީ ޑިވެލޮޕަރުގެ ހައިސިއްޔަތުން އާރްސީސީން ބޭނުންވާ އަގެއްގައި ވިއްކިދާނެ ޔުނިޓްތަކެކެވެ.

އެޗްޑީސީން ވިދާޅުވީ މި ޕްރޮޖެކްޓަކީ ހުޅުމާލޭގައި އެކި ފަންތީގެ ބޯހިޔާވަހިކަމުގެ ގިނަ މަޝްރޫޢުތަކެއް ހިންގުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން، އާރް.އެފް.ޕީއަށް ހުޅުވާލެވުނު ޕްރޮޖެކްޓެއްކަމަށެވެ. ޖުމްލަ 24،098.22 އަކަފޫޓުގެ ހުންނަ މި ބިމުގައި 116 ޔުނިޓް އިމާރާތް ކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެތެރެއިން 78 ޔުނިޓަކީ އެއްބަސްވުމުގައި ވާގޮތުން ޕްރައިޒް ކެޕް ކުރެވި، އަކަފޫޓެއް 1800 ރުފިޔާގެ ރޭޓުން ވިއްކާ ޔުނިޓްތަކެކެވެ.

ހުޅުމާލެ ފޭސް 1 ޕްލޮޓް ނަމްބަރު S1/1 ގައި މިކްސްޑް ޔޫސް ރެސިޑެންޝަލް ކޮމްޕްލެކްސްއެއް އިމާރާތްކޮށް ވިއްކުމަށް ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަނާއި މި ކޯޕަރޭޝަނާއި ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިކުރެވިފައެވެ.

މިގޮތަށް ކަނޑައެޅުމުގެ އެއްމެ ބޮޑު އެއް ބޭނުމަކީ ހުޅުމާލޭގައި ގާއިމުކުރާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ އަގުތައް އަތްފޯރާ ފަށުގައި ބެހެއްޓުން ކަމުގައި އެޗްޑީސީން ބުނެ އެވެ.

އެ ކުންފުނިން ބުނީ މި މަޝްރޫއުގެ ޑީޓެއިލް ޑްރޯއިން އަށް ހުއްދަދޭ ދުވަހުން ފެށިގެން 36 މަސް ދުވަސް ތެރޭގައި މަޝްރޫއު އެއްކޮށް ނިންމަންޖެހޭ ކަމަށެވެ.

އެޗްޑީސީން ގެންދަނީ މާލެ ސަރަހައްދުގެ ތޮށްޖެހުން ކުޑަކޮށް އެކި ފަންތީގެ ބޯހިޔާވަހިކަމުގެ ގިނަ މަޝްރޫއުތަކެއް ހުޅުމާލޭގައި ހިންގަމުންނެވެ. އަދި ހުޅުމާލޭގައި ދިރިއުޅޭ މީހުންނަށް ބޭނުންވާނެ ހިދުމަތްތައް އެންމެ ޒަމާނީ ފެންވަރުގައި ގާއިމުކޮށްދިނުމަށްވެސް އެޗްޑީސީން ގެންދަނީ ގިނަ މަސައްކަތް ތަކެއް ކުރަމުންނެވެ.