އިބްރާހިމް އަމީރު

އަމީރުގެ އެޑްވައިޒަރަކަށް ވޯލްޑް ބޭންކްގެ ކުރީގެ ވެރިއެއް

ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރަކަށް އައްޔަނުކުރެއްވި ޑރ. ޝާންތާ--
0%
0%
0%

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުގެ އެޑްވައިޒަރަކަށް ވޯލްޑް ބޭންކް ގްރޫޕްގެ ކުރީގެ ޗީފް އިކޮނޮމިސްޓް ކަމަށްވާ ޑރ. ޝާންތާ ޑެވަރަޖަން އައްޔަން ކުރައްވައިފި އެވެ.

ޝާންތާ އެ މަގާމަށް އައްޔަނު ކުރެއްވިކަން ފިނޭންސް މިނިސްޓްރީން މިއަދު ކުރި ޓުވީޓެއްގައި ވަނީ ކަށަވަރު ކޮށްދީފަ އެވެ. މިނިސްޓްރީން ބުނީ ޝާންތާ އެ މަގާމަށް އައްޔަނު ކުރެއްވީ މިމަހުގެ 20 ވަނަ ދުވަހުން ފެށިގެން ކަމަށެވެ.

މިނިސްޓަރު އަމީރު ވިދާޅުވީ މިހާރު ރާއްޖެ މިއޮތް ޕެންޑެމިކްގެ ހާލަތުން އަރައިގަނެ އިންޓަނޭޝަނަލް ޕާޓްނަރުންނާއި އިތުރަށް ގުޅުން ބަދަހި ކުރުމަށް ޝާންތާގެ ލަފަޔާ އިރުޝާދު ވަރަށް މުހިންމު ކަމަށެވެ.

ޝާންތާ ވަނީ އެމެރިކާގެ ކެލިފޯނިއާ ޔުނިވާސިޓީން، އިކޮޮނޮމިކްސްގެ ދާއިރާއިން ޕީއެޗްޑީ ހާސިލް ކުރައްވައިފަ އެވެ.

އޭނާ މީގެ ކުރިން ވަނީ ވޯލްޑް ބޭންކްގެ މެދު އިރުމައްޗާއި އިތުރު އެފްރިކާގެ އިތުރުން ދެކުނު އޭޝިއާ ސަރަހައްދުގެ ޗީފް އިކޮނޮމިސްޓުގެ މަގާމު ވެސް ފުރައްވައިފަ އެވެ. އޭނާ މީގެ ކުރިން ވަނީ ހާވާޑް ޔުނިވާސިޓީގެ ފެކަލްޓީއެއްގައި ވެސް މަސައްކަތް ކުރައްވައިފަ އެވެ.

9 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

މީހާ

މީ ބޮޑު މުސީބާތެއް. މިޤައުމުގަ ތަޢުލީމީ މީހުނަށް ކުރާ މަލާމާތާއި ޖެއްސުމެއް މީ

ކެޔޮޅު

އަމީރު މަޤާމައް ކުފޫހަމަނުވަންޏާ އަސްތިފާ ދޭންވީނޫން ތިމަޤާމުފު އަދާކުރެވޭވަރުގެ ދިވެހިދަރިން އެބަތިބި ތިބުނާ ސާންތީ އަކައް ކިހާވަރެއްދޭން ޖެހޭބާ؟ ރައީސްގެ އެޑުވައިޒަރަކައް ކުލިންޓަން ގެންނަންވީނޫންތޯ؟

ޓ

ކުރީ ސަރުކާރުގައި ..ޖަލީލް އަދި އަރިފް ހިލްމީ ތިއްބެވި އެމަގާމުގަ....ދިވެހިން އެބަތިބި ކީއްވެ ނުހޯދަންވީ... ޢެމް އޭ ސި އެލް ޕެންސަން އޮފިސް ޜައީސް އޮފިސް ބީ އެމް އެލް ޙުރިހާ ތަނެއްގަ ބިދޭސިން

ހަމީމް

ރައިތުން ހޭލާ ހޭލާ މިޔޮއް ރާއްޖެ ގެލިދަނީ. އިންޑިޔާ އަދަށުލާނިމެނީ

ލލ

ތިޔަ ވޯލްޑް ބޭންކަކީ ކުދި ޤައުމުތަށް ލޫޓުވާލި ގުރޫޕް !

ޤާދިރު

ލަފާދޭން ވެސް އިންޑިއާމީހަކު ނޫނީ ނުގެނެވެ. ތިކަން ނިމޭ އިރު ސަރުކާރުގެ މަތީ ހުރިހާ މަޤާމެއްގަ ތިބޭނީ އިންޑިއާ ރައްޔިތުން.

ޢައްލާ

ޝާންތާ ދެވަރާޖަން އަކީ އިންޑިއާ މީހެއް. ޢޭނާ ފިނޭންސް މިނިސްޓްރީ ގައި ކުރިއަރުވާނީ އިންޑިއާ އަށް މަންފާ ވާ ކަންތައް ތައް. ސަހަރޯއި.

ކޫކާ

ހުރިހާ ތަނެއްގަ ބޭރު މީހުން ނާގާބިލް ރައީސެއް ވެރިކަމަށް އަރުވައިގެން ގައުމު ފުޑުފުޑު ކޮށްލަނީ

މުސަޅުބޭ

އޭނައަށް ވާނުވާ އެގެނީކީ ނޫން. ކުޑަކުޑަ އަްޒާން ދިޔަރެސް ސުވާލެއް ކުރިޔަސް ބިރުންވރިވިރި. އިއްޔެވެސް އަްޒާނުބކުރި ސުވާލަކާ ދިން ޖަވާބާ އުޑާ ބިމާ ހުރި ތަފާތު. ދެން ވެރިކަން ހޯދައިދިން ބަޔަކަށްވޖިޒީ ދޭން ޖެހޭނެތާ؟؟؟؟

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910