ވޯލްޑް ބޭންކް

ވޯލްޑް ބޭންކްގެ އެހީ ރާއްޖެއަށް ލިބޭނެ ކަމުގެ ޔަގީންކަންދީފި

ރާއްޖޭގެ ވަފްދުގެ ބައެއް ބޭފުޅުންނާއެކު ވޯލްޑް ބޭންކްގެ ދެކުނު އޭޝިއާގެ ނައިބު ރައީސް މާޓިން ރައިޒާ--- ފޮޓޯ: މާޓިން ޓްވިޓާ
0%
0%
0%

ރާއްޖެއަށް ދިމާވާ ކަންކަމުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވޯލްޑް ބޭންކްގެ ދެކުނު އޭޝިއާގެ ނައިބު ރައީސް މާޓިން ރައިޒާ ވިދާޅުވެއްޖެ އެވެ.

މާޓިން އެކަން ހާމަކުރީ ރާއްޖޭގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރުއާ އެކު އޮންލައިންކޮށް ކުރިއަށް ގެންދިޔަ ވޯލްޑް ބޭންކް ގްރޫޕްގެ އަހަރީ ބައްދަލުވުމަށްފަހު ކުރެއްވި ޓްވީޓެއްގަ އެވެ.

މާޓިން ވިދާޅުވީ މިނިސްޓަރު އަމީރުއާއެކު އުފެއްދުންތެރި ވާހަކަތަކެއް ދެކެވުނު ކަމަށާއި ވަރަށް އަވަހަށް ރާއްޖެ ޒިޔާރަތްކުރައްވާނެ ކަމަށެވެ.

މާޓިންއަށް ޝުކުރު އަދާކުރައްވާ މިނިސްޓަރު އަމީރު ވަނީ ވޯލްޑް ބޭންކަކީ ރާއްޖޭގެ ތަރައްގީގައި ދުވަސްވީ ބައިވެރިއެއްކަން ފާހަގަކުރައްވާ ރާއްޖެ އާއި ވޯލްޑް ބޭންކްގެ ގުޅުމަށް އަންނަ އަހަރު 45 އަހަރު ފުރޭނެ ކަމަށް ވިދާޅުވެފަ އެވެ.


އޮންލައިންކޮށް ކުރިއަށް ގެންދިޔަ ވޯލްޑް ބޭންކް ގްރޫޕްގެ އަހަރީ ބައްދަލުވުމުގައި އިގުތިސާދު ކުރިއެރުވުމާއި އިސްލާހުކުރުމާއި ގުޅޭ ގޮތުންވެސް މަޝްވަރާ ކުރައްވާފައިވެ އެވެ.

ވޯލްޑް ބޭންކްގެ ގްރޫޕްތައް ކަމަށްވާ މަލްޓިލޭޓަރަލް އިންވެސްޓްމެންޓް ގެރެންޓީ އޭޖެންސީ (އެމްއައިޖީއޭ) އާއި އިންޑަނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން (އައިއެފްސީ)އާ ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުންވެސް ވަނީ މަޝްވަރާކޮށްފަ އެވެ.

މީގެއިތުރުން ޕަބްލިކް އެކްސްޕެންޑިޗާ ރިވިއުއާ ގުޅޭ ގޮތުން މަޝްވަރާ ކުރެވުނު ކަމަށް ފިނޭންސް މިނިސްޓްރީން ބުނެ އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910