ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19 އިގެ މަރުތައް

ގއ. ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ މީހަކު މަރުވެއްޖެ

ކޮވިޑް-19 އަށް ފަރުވާ ހޯދަމުން އައި އިތުރު މީހަކު މަރުވެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ މިރޭ 8:30 ގައި މަރުވެފައިވަނީ އުމުރުން 68 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެއީ ގއ. ވިލިގިލީގައި ހުރި އެ އަތޮޅު މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުން އައި މީހެކެވެ.

މި މަރާއެކު ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 151 އަށް އަރާފައެވެ. މިއީ މިއަދުގެ ތިންވަނަ މަރެވެ. އަދި މިއީ މި މަހުގެ 73 ވަނަ މަރެވެ.