މުލިއާގެ

މުލިއާގެ ކައިރިން ފެނުނު އައިއީޑީގެ މައްސަލާގައި 4 މީހަކު ހައްޔަރުކޮށްފި

ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން ރާވައި މުލިއާގޭ ކައިރީ ގޮއްވާލަން ބާއްވާފަ އޮތް އައިއީޑީގެ މައްސަލާގައި ހަތަރު މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ މުލިޔާގޭ ކައިރީ ޕާކްކޮށްފައި އޮތް ވެހިކަލް އެއްގައި ހަރުކޮށް ބޮން ގޮއްވާލަން އުޅުމު މައްސަލާގައި ތުހުމަތު ކުރެވޭ ހަތަރު މީހުން ހައްޔަރުކޮށްފައިވާ ކަމަށާއި އަދި އެމީހުންގެ ބަނދަށް ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތު ޖަހާފައިވާ ކަމަށެވެ.

ނަމަވެސް އެމީހުން ހައްޔަރު ކޮށްފައިވަނީ ކޮން ދުވަހަކު ކަމެއް މުއްދަތު ދިނީ ކޮން ދުވަހަކު ކަމެއް ސާފެއް ނުވި އެވެ.

މިހާދިސާއާ ބެހޭގޮތުން މީގެކުރިން ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެފައިވަނީ އައިއީޑީ ހަރުކޮށްފައި އޮތް ޕިކަޕު އޮތީ ރައީސް ޔާމިން ވަރަށް ގިނައިން ދަތުރު ކުރާ މަގެއްގައި ކަމަށާއި އަދި އެ ހަމަލާއަކީ ސީދާ ރައީސް އަވަހާރަ ކޮށްލުމަށް ދިން ހަމަލާ އެއް ކަމަށެވެ.

މުލިޔާގޭކައިރީގައި ބޮމުގެ ހަމަލާއެއް ދޭން ބަޔަކު މަސައްކަތް ކުރީ މިމަހު ދެވަނަ ދުވަހުގައެވެ. އެހެންވެ އެހިސާބުގައި ޕާކު ކުރުން މިހާރު ވަނީ މަނާ ކޮށްފަ އެވެ.