މުލިއާގެ

ރައީސްގެ ދެކަނބަލުން މުލިއާގެއަށް ބަދަލުވެވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި އަނބިކަނބަލުން ސާޖިދާ މުހައްމަދު
0%
0%
0%

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުން ރިޔާސީ ގަނޑުވަރު -- މުލިއާގެ އަށް ބަދަލުވެވަޑައިގެންފި އެވެ.

މުލިއާގެއަށް ބަދަލުވެވަޑައިގަތުމާ ހަމައަށް ރައީސްގެ ދެކަނބަލުން ދިރިއުޅުއްވީ ރައީސްގެ އަމިއްލަ ގެކޮޅު -- މ. ދިމްޔާތުގައެވެ.

ރައީސްގެ ދެކަނބަލުން މުލިއާގެއަށް ބަދަލުވެވަޑައިގެންފައި މިވަނީ ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިތާ ގާތްގަނޑަށް ތިންމަސް ފަހުން މިދިޔަ ހޯމަ ދުވަހު އެވެ.

ރައީސް މުއިއްޒުގެ ދެކަނބަލުން މުލިއާގެއަށް ބަދަލުވެވަޑައިގަތުމުގެ ކުރިން އެތަން ވަރަށް ބޮޑަށް މަރާމާތުކޮށް ތަނަށް ބައެއް ކަހަލަ ބަދަލުތައް ގެނެސްފައިވެ އެވެ. ނަމަވެސް މުލިއާގެ އަކީ ތާރީހީ ބިނާއަކަށްވާތީ އެ ތަނުގެ އަސްލު ގެއްލޭ ވަރުގެ އެއްވެސް ބަދަލެއް ގެނެސްފައި ނުވާ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.

މުލިއާގެއަކީ މީގެ 104 އަަހަރު ކުރިން އައްސުލްތާން މުހައްމަދު ޝަމްސުއްދީންގެ ވެރިކަމުގައި ބިނާކޮށްފައިވާ ތަނެކެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910