އީރާނުން ނިއުކްލިއާ މާއްދާތައް މުއްސަނދި ކުރަން ކުރާ މަސައްކަތްތައް މާބޮޑަށް ކުރިއަރުވައފި ކަމަށާއި ޔޫރޭނިއަމް ފައްކާ ކޮށްފައި ވަނީ އިންޓަނޭޝަނަލް އެޓޮމިން އެނާޖީ އޭޖެންސީއަށް މިހާތަނަށް ހީކުރެވެފައި އޮތް ވަރަށް ވުރެ ވެސް ފުޅާކޮށް ކަމަށް އެ އެޖެންސީގެ ޑައިރެކްޓާ ޖެނެރަލް ރަފައެލް މަރިއާނޯ ގްރޮސީ ވިދާޅުވެއްޖެ އެވެ.
ފައިނޭންޝަލް ޓައިމްސްއަށް ވާހަކަފުޅު ދައްކަވަމުން ގްރޮސީ ވިދާޅުވީ އީރާން، ނުވަތަ "ނިއުކްލިއާ ޖިންނި" އޭގެ ފުޅިން ބޭރުވެފައި ވަނީ މާބޮޑަށް ކަމަށާއި ދެން އަނބުރާ ފުޅިތެރެއަށް ނުލެވޭނެ ކަމަށެވެ.
"ޖިންނި ދެން އަބުރާ ފުޅިއަކަށް ނުލެވޭނެ،" ގްރޮސީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ދުނިޔެއަށް ދެން ކުރެވެން އޮތް ކަމަކީ ފުޅިން ބޭރުގައި ޖިންނިއަށް ހަރަކާތް ނުކުރެވޭ ގޮތްތަކެއް ހެދުމެވެ.
"ކަންތައްތައް ކުރަންޖެހޭ ގޮތް [އީރާނަން] އެނގުނީމަ ވާނީ މިހެން" ގްރޮސީ ވިދާޅުވި އެވެ. "އީރާނުން ނިއުކްލިއާ ބޮމެއް އުފައްދަން ކުރާ މަސައްކަތްތައް މިއޮތީ ގާތްގަނޑަކަށް ކޮޅެއްގައި ޖައްސާފައި"
އޭނާ ވިދާޅުވީ ދެން އޮތިީ އުސޫލުތައް ހަރުދަނާ ކުރުން ކަމަށާއި އަޅާލުމާއި މަސްލަހަތު ހިމާޔަތް ކުރުން ކަމަށެވެ.
ގްރޮސީ ވިދާޅުވި ގޮތުގައި އީރާނުން 2015 ގައި ސޮއިކުރި ޖޮއިންޓް ކޮމްޕްރެހެންސިވް ޕްލޭން އޮފް އެކްޝަން (ޖޭސީޕީއޯއޭ) އަށް ރުޖޫއަވުން މި ހިސާބުން މުހިންމެއް ނޫނެވެ. ކުރެވެން އޮތް ކަމަކީ އެއެއްބަސްވުމުން މާއްދާއެއް ނަގައި ހިފަހައްޓައިގެން ތިބެވޭތޯ ބަލަންވީ އެވެ.
އެޓޮމިކް އޭޖެންސީގެ ޑައިރެކްޓަރު ޖެނެރަލް ވިދާޅުވީ އީރާނުން ނިއުކްލިއާ މުއްސަނދި ކުރުން 60 ޕަސެންޓަށް ވުރެ މަތިކޮށްފި ކަމަށާއި މިހާރު މިއޮތީ އީރާނަށް ދަތިކުރި ބައެއްގެ އަތަށް އެކަން ގޮވާފައި ކަމަށެވެ. އޭނާ އަދި ވިދާޅުވީ އީރާނުން ނިއުކްލިއާ ހޯދުމަކީ ފިތްކަނޑައިގެންދާ ވަރުގެ ބިރުވެރި ކަމެއް ކަމަށެވެ.
އޭނާޖީ އޭޖެންސީގެ ކަންބޮޑުވުމަށް އީރާނުން ބުނީ ނިއުކްލިއާ މުއްސަނދި ކުރަނީ ބޭސްވެރިކަން ކުރިއެރުވުމަށާއި ދިރާސާއަށް ކަމަށެވެ. ގްރޮސީ ވިދާޅުވީ އީރާނުން އެބުނާ ފެންވަރުގައި ބޭސްވެރިކަން ދިރާސާކުރާ މަރުކަޒެއް އެގައުމުގައި ނެތް ކަމަށެވެ. އޭނާ އަދި ވިދާޅުވީ އީރާނުން ނިއުކްލިއާ އުފައްދައިފި ކަމަށާއި ދެން ދަސްކުރަންވީ އެކުގައި އުޅެން ކަމަށެވެ.