ޓެކްނޯލޮޖީ

ޖޫންގައި ހިލޭ ދޭ ޕްލޭސްޓޭޝަން ޕްލަސް ގޭމްތައް

May 30, 2021

ސޮނީއިން، އެކުންފުނީގެ ޕްލޭސްޓޭޝަން ޕްލަސް ސަބްސްކްރިޕޝަން ބޭނުންކުރާ ފަރާތްތަކަށް ކޮންމެ މަހަކު ވެސް ދަނީ ހިލޭ ގޭމްތަކެއް ދެމުންނެވެ. އެގޮތުން މި އަންނަ ޖޫން މަހަށް ދޫކުރާ ގޭމްތައް މިހާރު ވަނީ ޕްލޭސްޓޭޝަން ބްލޮގްގައި އިއުލާން ކޮށްފަ އެވެ.

ޖޫން މަހުގެ ޕްލޭސްޓޭޝަން ޕްލަސް ހިލޭ ގޭމަތަކުގެ ތެރޭގައި "އޮޕަރޭޝަން ޓޭންގޯ"، "ވާޗުއާ ފައިޓާ 5: އަލްޓިމޭޓް ޝޯޑައުން" އަދި "ސްޓާވޯސް: ސްކުއަޑްރަން" ހިމެނެ އެވެ.

މިތިން ގޭމް ވެސް ޕްލޭސްޓޭޝަން ޕްލަސް ސަބްސްކްރިޕްޝަން ބޭނުންކުރާ ފަރާތްތަކަށް ޑައުންލޯޑް ކޮށްގެން ހިލޭ ބޭނުން ކުރެވޭނެ އެވެ.

"އޮޕަރޭޝަން ޓޭންގޯ" އަކީ ހަމައެކަނި ޕްލޭސްޓޭޝަން 5 ބޭނުންކުރާ ފަރާތް ތަކަށް ބޭނުންކު ރެވޭ ގޭމެކެވެ. އަދި "ސްޓާވޯސް: ސްކުއަޑްރަން" އާއި "ވާޗުއާ ފައިޓާ 5" ޕްލޭސްޓޭޝަން 5 އަދި 4 ގައި ވެސް ބޭނުން ކުރެވޭނެ އެވެ. "އޮޕަރޭޝަން ޓޭންގޯ" އަދި "ސްޓާވޯސް: ސްކުއަޑްރަން" ޖޫން 1 އިން ޖުލައި މަހުގެ 5 އާއި ހަމައަށް ހިލޭ ޑައުންލޯޑު ކުރެވޭނެ އެވެ. އަދި "ވާޗުއާ ފައިޓާ 5" ޖޫން 1 އިން އޮގަސްޓް މަހުގެ 2 އަކާއި ހަމައަށް ހިލޭ ޑައުންލޯޑް ކުރެވޭނެ އެވެ.

ޕްލޭސްޓޭޝަން ޕްލަސްއަކީ، ޕްލޭސްޓޭޝަން އެކައުންޓްސް ގެންގުޅޭ ފަރާތްތަކުން ފައިސާ ދައްކައިގެން ބޭނުން ކުރާ ސަބްސްކްރިޕްޝަން ސާވިސް އެކެވެ.