ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވިޑް-19: އަނެއްކާވެސް މާބަނޑު މީހަކު އައިސީޔޫގައި

May 30, 2021

މާބަނޑު މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ ހާލު ސީރިއަސްވުމުން އަނެއްކާވެސް އައިސީޔޫގައި ފަރުވާ ދޭން ފަށައިފި އެވެ.

ދަރުމަވަންތަ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދޭން ފަށައިފައި ވަނީ ނަރުހެއްގެ ގޮތުގައި މަސައްކަތް ކުރާ އަންހެނެކެވެ.

އޭނާ އަށް އައިސީޔޫގައި ފަރުވާދޭތާ މިއަދަށް ވަނީ ފަސް ދުވަސް ވެފަ އެވެ.

އާއިލާއިން މައުލޫމާތު ދިން ގޮތުގައި އެ އަންހެން މީހާއަށް ކޮވިޑް ޖެހުނީ މީގެ ހަފްތާއެއް ކުރިންނެވެ.

ހޮސްޕިޓަލަށް ގެންދިޔައީ ބަލި ޖެހުނުތާ ތިންވަނަ ދުވަހު ހާލު ސީރިއަސް ވެގެންނެވެ. ނަމަވެސް މިހާރު ހާލު ރަނގަޅުވަމުން އަންނަ ކަމަށް ބުނެ އެވެ.

ރާއްޖޭގައި ކޮވިޑް ޖެހޭ މާބަނޑު މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. ޑޮކްޓަރުން ވިދާޅުވާ ގޮތުގައި ކޮވިޑް ޖެހޭ މާބަނޑު މީހާގެ ބަނޑުގައި އޮންނަ ދަރިފުޅަށް ވެސް އޭގެ އަސަރު ކުރެ އެވެ.

ކޮވިޑްގައި ހާލު ސީރިއަސްވި މާބަނޑު މީހެއް މީގެ ކުރިން ވަނީ ސާޖަރީ ހަދައިގެން ދަރިފުޅު ނަގައިވެސްފަ އެވެ.

އެޗްޕީއޭ އިން ވެސް ބުނެފައިވަނީ ކޮވިޑް ޖެހޭ މާބަނޑު މީހުންގެ އަދަދު އިތުރުވަމުންދާ ކަމަށާއި ދުވަސް ނުފުރައި ވިހާ ކުދިންގެ ޕަސެންޓޭޖު ވެސް ހުރީ 13 ޕަސެންޓްގައި ކަމަށެވެ. އަދި ހާލުބޮޑުވެގެން ފަރުވާ ދޭން ޖެހޭ މާބަނޑު މީހުންގެ ނިސްބަތް ވެސް އިތުރުވެފައިވާ ކަމަށް ބުންޏެވެ.