ހަބަރު

ކުރިޔަށް އޮތް 24 ގަޑިއިރު ރާއްޖެއަށް ވިއްސާރަ ކުރާނެ

ކުރިޔަށް އޮތް 24 ގަޑި އިރު ރާއްޖޭގެ ބޮޑު ބަޔަކަށް ބޯކޮށް ވިއްސާރަ ކުރާނެ ކަމަށް ލަފާކޮށް ވައިޓް އެލާޓު ނެރެފި އެވެ. އެލާޓް ނެރެފައި ވަނީ މިއަދު މެންދުރު 1:45 އަކާ ހަމަ އަށެވެ. ނަމަވެސް ޔެލޯ އެލާޓަށް ބަދަލުވުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުންޏެވެ.

އެ އޮފީހުން ބުނީ ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކޮށް ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރާއިރު ރާއްޖޭގެ އިތުރުގެ ރަށް ތަކަށް ގަޑިއަކު އަށް މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައ ވައި ޖެހޭނެ ކަމަށެވެ. އަދި މެދުތެރެއާއި ދެކުނުގެ ރަށް ތަކަށް ގަޑިއިރަކު 13 މޭލާއި 23 މޭލު ބާރު މިނުގައި ވައި ޖެހޭނެ ކަމަށާއި އުތުރުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑު ނަމަވެސް އެހެން ހިބާސުތަކުގެ ކަނޑުތައް ވަރަކަށް ގަދަވެފައި ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށެވެ.

"މިވަގުތަށް އަޅުގަނޑު މެން ނެރުނީ މުޅި ރާއްޖެއަށް ވައިޓް އެލާޓު. ނަމަވެސް މޫސުން ގޯސް ވާނަމަ މިއަދު އަދި ޔެލޯ އެލާޓަށް ވެސް ބަދަލު ވުން އެކަށީގެންވޭ،" މޫސުމާ ބެހޭ މައުލޫމާތު ދެއްވަމުން މެޓް އޮފީހުގެ ވެދާ ފޯކާސްޓަރަކު ވިދާޅުވި އެވެ.

މެޓް އޮފީހުން ރޭ 12:40 އިން 3:30 ގެ ނިޔަލަށް ފ. އަތޮޅުން ފެށިގެން ސ. އަތޮޅާ ދެމެދަށް ޔެލޯ އެލާޓު ނެރެފައިވާ އިރު، ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ރޭ ފަތިހު ވަނީ މާލޭގެ ގިނަ މަގުތަކުގައި ފެންބޮޑުވެފަ އެވެ.