ޑިޒާސްޓާ މެނޭޖްމެންޓް ސެންޓަރު

ވިއްސާރައިގައި ލިބުނު ގެއްލުން މިލިއަނަކަށްވުރެ މައްޗަށް

ވިއްސާރައިގައި މިދިޔަ ނޮވެމްބަރު މަހުގެ ނިޔަލަށް ލިބުނު ގެއްލުން 1.1 މިލިއަން ރުފިޔާއަށްވުރެ އިތުރު ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފި އެވެ.

އެންޑީއެމްއޭ އިން ހާމަކުރި ގޮތުގައި ނޮވެމްބަރު މަހުގެ ނިޔަލަށް ވިއްސާރާގައި ގެއްލުން ލިބިގެން 10 ރަށަކުން ރިޕޯޓްކޮށްފައިވެ އެވެ.

މި ގޮތުން 10 ރަށެއްގެ 110 ގެއަށް އެކިވަރުގެ ގެއްލުން ލިބިގެން ފޯމް ހުށަހަޅާފައިވާ ކަމަށް އެންޑީއެމްއޭ އިން ވަނީ ބުނެފަ އެވެ.

ވިއްސާރައިގައި ގެއްލުން ލިބުނު ރަށްތަކާއި ގޭގެ އަދަދު

  • ޅ. ކުރެންދޫ - 97
  • ގދ. މަޑަވެލި - 3
  • ދ. ބަނޑިދޫ - 2
  • އައްޑޫސިޓީ ފޭދޫ - 2
  • ދ. ހުޅުދެލި - 1
  • ހދ. ނެއްލައިދޫ - 1
  • ނ. މާފަރު - 1
  • ރ. ރަސްމާދޫ - 1
  • އައްޑޫސިޓީ ހުޅުދޫ - 1
  • އައްޑޫސިޓީ މަރަދޫފޭދޫ - 1

އެންޑީއެމްއޭ އިން ބުނީ މި ގެތަކަށް ލިބުނު ގެއްލުންތައް ވަޒަންކުރެވި ކާރިސާތަކުގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމާއި ކާރިސާތަކުން ލިބޭ ގެއްލުންތަކަށް އެހީދިނުމާއި ބެހޭ ގަވާއިދުގެ ދަށުން އެހީތެރިކަން ފޯރުކޮށްދިނުމަށް މިހާރު ހުށަހަޅާފައިވާ ކަމަށެވެ.