ޑިޒާސްޓާ މެނޭޖްމެންޓް ސެންޓަރު

ވިއްސާރައިގައި ލިބުނު ގެއްލުން މިލިއަނަކަށް ވުރެ އިތުރު

ރާއްޖެއަށް މިދިޔަ މަހު ކުރި ވިއްސާރައިގައި ލިބުނު ގެއްލުން އެއް މިލިއަން ރުފިޔާއަށް އިތުރު ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ބުނެފި އެވެ.

ވިއްސާރައިގައި 10 ރަށެއްގެ 89 ގެއަކަށް ލިބުނު ގެއްލުންތައް އެންޑީއެމްއޭ އިން ބަލާފައިވެ އެވެ.

އެންޑީއެމްއޭ އިން ބުނީ މިދިޔަ މަހުގެ 8 އިން ފެށިގެން ކުރި އެ ވިއްސާރައިގައި އިމާރާތްތަކަށާއި ހިފާ ގެންގުޅޭ ތަކެއްޗަށް ލިބުނު ގެއްލުން 1,084,169 ރުފިޔާއަށް އަރާ ކަމަށެވެ.

އޭރު ކުރި ވިއްސާރައިގައި އެންމެ ބޮޑަށް ގެއްލުން ލިބުނު ރަށްތަކުގެ ގޮތުގައި އެންޑީއެމްއޭ އިން ފާހަގަކޮށްފައިވާ ރަށްތަކަކީ ހއ. އުލިގަމް، ހއ. އިހަވަނދޫ، ހއ. ހޯރަފުށި، ހއ. ބާރަށް، ހއ. ކެލާ، ހދ. ކުޅުދުއްފުށި، ބ. އޭދަފުށި، އއ. އުކުޅަސް އަދި އައްޑޫ ސިޓީގެ ހިތަދޫ އާއި ފޭދޫ އެވެ.

އެންޑީއެމްއޭ އިން ބުނީ އަތޮޅު ތެރޭގެ ރަށްތަކުގެ އިތުރުން މާލޭގައިވެސް ގެއްލުން ލިބުނު ގެތަކުގެ މީހުންނަށް އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.