ޓެކްނޯލޮޖީ

ވަންޕްލަސް ނޯޑް ސީއީ 5ޖީ އަންނަނީ

May 31, 2021

ވަންޕްލަސް ނޯޑްގެ ބަޖެޓް ފޯނު ކަމަށްވާ ވަންޕްލަސް ނޯޑް ސީއީ 5ޖީ އަށް ޖޫން 11 ވަނަ ދުވަހުން ފަށައިގެން ޕްރީއޯޑާ ކުރެވޭނެ އެވެ.
މި ފޯނަކީ ކުރިން ވަންޕްލަސް އިން ނެރެފައިވާ "މޯޑް" މޮޑެލް އަސްލެއްގެ ގޮތުގައި ބަލައިގެން އުފައްދާފައިވާ ބަޖެޓް ފޯނެކެވެ.

މި ފޯނުގައި ނޯޑުގެ ގިނަ ފިޗާތައް ވެސް ހިމަނާފައި ވެއެވެ. ނަމަވެސް ބަޖެޓް ފޯނަކަށް ވާތީ ހާޑްވެއާގެ ބައެއް ބައިތައް ވަނީ ތަފާތު ކޮށްފަ އެވެ. އެގޮތުން ފޯނުގައި ބޭނުންކުރާ ޕްރޮސެސާ އަކީ ކުއަލްކޮމް ސްނެޕްޑްރެގަން 750ޖީ އެސްއޯސީ އެވެ. މިއީ ނޯޑުގައި ބޭނުން ކޮށްފައިވާ 765ޖީ އަށް ވުރެ ކުރީގެ މޮޑެލްއަކަށް ވިޔަސް ވަރުގަދަ ޕްރޮސެސާ އެކެވެ.

ފޯނާ ގުޅޭ އާންމު މައުލޫމާތު ތަކުގައިވާ ގޮތުން ނޯޑް ސީއީ ގައި 6.43 އިންޗި އެމޮލޭޑް ސްކްރީނެވެ އެވެ. މި ސްކްރީނަކީ ކޮލިޓީ ރަނގަޅު 90 ހާޑްޒްގެ ރިފްރެޝް ރޭޓެއް ހިމެނޭ ސްކްރީނެކެވެ. މިއީ ފްލެގްޝިޕް ފޯނުތަކަށް ވުރެ ދަށް އަދަދަކަށް ވިޔަސް ވަރަށް ފުރިހަމަ އަދި މަސައްކަތް އަވަސް ސްކްރީނެކެވެ. ނޯޑް ސީއީގައި 64 މެގަޕިކްސަލް ކެމެރާ އަކާއި 16 މެގަޕިކްސަލް ސެލްފީ ކެމެރާ އެއް ހިމަނާފައިވާ ކަމަށް ވެސް ހަބަރުތައް ބުނެ އެވެ.

މިފޯނު އާންމުންނަށް ދައްކާލުމަށް ހަމަޖެހިފައިވަނީ 10 ޖޫން ވަނަ ދުވަހު މާލެ ގަޑިން އިރުއޮއްސި 6:30 ގައި ވަންޕްލަސްއިން ބާއްވާ އެ ކުންފުނީގެ ސަމާ ލޯންޗް އިވެންޓްގަ އެވެ.

މި އިވެންޓްގައި ވަންޕްލަސްގެ އިތުރު ޕްރޮޑަކްޓްތައް ވެސް ދައްކާލާނެ އެވެ. މީގެ ތެރޭގައި އެކުންފުނިން ނެރެން ގަސްދު ކޮށްފައިވާ ވަންޕްލަސް ޓީވީ ޔޫ ސީރީޒް ވެސް ހިމެނެ އެވެ.