އިންޓަނެޓްގެ ސާވިސް

ސްޓާލިންކަށް ރާއްޖެއިން މިއަދު ހުއްދަ ދެނީ

0%
0%
0%

އިންޓަނެޓްގެ ހިދުމަތް ދިނުމަށް އެމެރިކާގެ މަޝްހޫރު ވިޔަފާރިވެރިޔާ އަދި ބިލިޔަނަރު -- އީލޮން މަސްކްގެ އަމިއްލަ ޖައްވީ ކުންފުނި -- ސްޕޭސް އެކްސް އިން ހިންގާ "ސްޓާލިންކް" އަށް ރާއްޖެއިން މިއަދު ހުއްދަ ދިނުމަށް ނިންމައިފި އެވެ.

ސްޓާލިންކަށް ދިވެހި ސަރުކާރުން ހުއްދަދިނުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު އެވެ.

މި ހިދުމަތަށް ރާއްޖެއިން މިއަދު ހުއްދަ ދޭއިރު މި ހިދުމަތް ރާއްޖެއަށް ދިނުމަށް ޓެކްނޮލޮޖީ މިނިސްޓަރު އާމިނަތު ޝައުނާ ވަނީ އެ ކުންފުންޏާ މިދިޔަ އަހަރު މަޝްވަރާ ކުރައްވާފަ އެވެ.

ހެޔޮއަގުގައި އިންޓަނެޓްގެ ހިދުމަތް ދިނުމަށް ބޭނުންވާ ސްޓާލިންކް ސެޓްލައިޓްތައް އޯބިޓަށް ފޮނުވާފައިވާއިރު މިހާރުވެސް 60 އަށްވުރެ ގިނަ ގައުމަށް އެ ހިދުމަތް ދަނީ ދެމުންނެވެ. މި ހިދުމަތް ލޯންޗްކުރީ 2019 ވަނަ އަހަރު އެވެ.

ސްޓާލިންކް މެދުވެރިކޮށް 250 އެމްބީޕީއެސްއާ ހަމައަށް ޑައުންލޯޑް ސްޕީޑްގައި އިންޓަނެޓްގެ ހިދުމަތް ލިބެނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

އިންޓަނެޓް ހިދުމަތް ދިނުމަށް ސްޓާލިންކުން ބޭނުންކުރާ ސެޓްލައިޓްތަކަކީ ދުނިޔެއާ ވަރަށް ގާތުގައި، ދުނިޔެ ވަށައި ބުރުޖަހަމުންދާ ސެޓްލައިޓްތަކެކެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910