އާރުއޯއެލް

އާރްއޯއެލް ގިގަފި ހޯމް ފައިބާ ޕެކޭޖްތަކަށް އާ ފީޗާތަކެއް

އާރްއޯއެލްގެ ގިގަފި ހޯމް ފައިބާ ޕެކޭޖްތަކަށް އާ ފީޗާތަކެއް އިތުރުކޮށްފި އެވެ.

އާރްއޯއެލްއިން ބުނީ ގިގަފި ހޯމް ފައިބާ ޕެކޭޖްތަކަށް އިތުރު އެލަވެންސާ އެކު ނައިޓް ބޭންޓްވިޑްތް ފީޗާ ލިބޭނެ ކަމަށެވެ.

ނައިޓް ބޭންޓްވިޑްތް ފީޗާގެ ސަބަބުން ދަންވަރު 12 އިން ހެނދުނު އަށަކާއި ހަމަޔަށް ސްޕީޑް ބޫސްޓެއް ކަސްޓަމަރުންނަށް ލިބޭނެ ކަމަށް އާރްއޯއެލްއިން ބުނެ އެވެ.

އެ ކުންފުނިން ބުނީ ގިގަފި ހޯމް ފައިބާ ޕެކޭޖްތަަކަކީ އެ ކަސްޓަމަރެއްގެ ބޭނުންކުރާ ޔޫސޭޖަށް ބަލާފައި ހަދާފައިވާ ޕެކޭޖްތަކެއް ކަމަށާއި އެގޮތުން ކިޔަވާ ކުދިންނާއި އާއިލާތަކާއި އެހެނިހެން ފަރާތްތަކަށް އެކަށީގެންވާ ވަރުގެ ޑާޓާ އެލަވަންސަކާއި އަގަކަށް އެ ޕެކޭޖް ލިބެނުން ހުންނާނެ ކަމަށެވެ. ގިގަފި ހޯމް ފައިބާ ޕްލޭންސް ތަކުގެ ތެރޭގައި ރާއްޖޭގެ އެންމެ ފުރަތަމަ އަންލިމިޑެޓް ޕްލޭން، ގިގަފި ފަސް އެމް ވެސް ހިމެނޭ ކަމަށް އާރްއޯއެލްއިން ބުނެ އެވެ.

މީގެ އިތުރުން އިންޓަނެޓް ޓްރެފިކް ގިނަވާ ވަގުތު ތަކުގައި އޮންލައިން ކޯލެއް ސްލޯ ވެގެންދާ ދިއުމަށް ވެސް ހައްލު ގެނެސްފައިވާނެ ކަމަށް އާރްއޯއެލްއިން ބުނެ އެވެ.

އާރްއޯއެލްގެ އަޕްގްރޭޑަށް ފަހު، އާރްއޯއެލްގެ ޔޫޒާ ޕޯޓަލް "މައިއާރްއޯއެލް" އަށް ވެސް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ. މިހާރު ފަސޭހަ ކަމާއިއެކު ކަސްޓަމަރުންނަށް މައިއާރުއޯއެލްގެ ޒަރިއްޔާއިން ބިލް ދެއްކުމާއި ޔޫސޭޖް ޗެކް ކުރުމާއި ޓޮޕް އަޕް ކުރުން ފަދަ ކަންކަން ކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

އާރްއޯއެލް އިން ބުނީ މައިއާރުއޯއެލްގެ ތެރެއިން 24 ގަޑިއިރު ކަސްޓަމާ ސަޕޯޓްވެސް ލިބޭނެ ކަމަށާއި އާރްއޯއެލްގެ ލައިވް ޗެޓް ފީޗާއިން ކަސްޓަމާ ސަޕޯޓް އޭޖެންޓަކާއި ވަގުތުން ކޮންޓެކްޓު ކުރެވޭނެ ކަމަށެވެ.

ލައިވް ޗެޓްގެ އިތުރުން ހޮޓްލައިނުން ވެސް 24 ގަޑިއިރު ފޯނު ކޯލަށް ޖަވާބު ދޭނެ ކަމަށް އާރްއޯއެލް އިން ބުނެ އެވެ. އަދި ކޮންމެ ވަގުތެއްގައި ވެސް މައްސަލައެއް ދިމާވެގެން މުވައްޒަފެއްގެ އެހީ ބޭނުންވެއްޖެނަމަ ލައިވް ޗެޓުން ނުވަތަ ހޮޓްލައިން ނަންބަރަށް ގުޅުމުން މައްސަލަ ހައްލުކޮށްދޭނެ ކަމަށެވެ.