ކޮވިޑް-19 އިގެ މަރުތައް

ކޮވިޑްގައި މީހަކު މަރުވެއްޖެ

May 31, 2021

ކޮވިޑް ބަލި ޖެހިގެން ފަރުވާ ދެމުން ގެންދިޔަ ދިވެހި އަންހެނަކު މަރުވެއްޖެ އެވެ.

މަރުވެފައި ވަނީ ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން ގެންދިޔަ 83 އަހަރުގެ މީހެކެވެ. މި މީހާ މަރުވުމުން ރާއްޖެ އިން ކޮވިޑް ޖެހިގެން މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 159 އަށް އަރާފައެވެ. އަދި މިއަދު ކޮވިޑް ޖެހިގެން ރާއްޖެއިން މީހަކު މަރުވީ ކޮންމެ ދުވަހަކު މީހުން ކޮވިޑްގައި މަރުވާތާ 16 ދުވަހަށް ގަހު ކޮވިޑްގައި މީހަކު މަރުނުވެ 24 ގަޑިއިރު ހޭދަވި ފަހުންނެވެ.

މިއަދު މަރުވި އަންހެން މީހާ މަރުވީ ހެނދުނު 6:30 އެހާކަންހާއިރު އެވެ.