ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19 އިގެ މަރުތައް

ކޮވިޑްގައި އިތުރު މީހަކު މަރުވެއްޖެ

ކޮވިޑް-19 އަށް ފަރުވާ ހޯދަމުން ދިޔަ އިތުރު މީހަކު މަރުވެއްޖެ އެވެ.

އެޗްޕީއޭ އިން ބުނީ ކޮވިޑް ޖެހެގެން މިއަދު މަރުވެފައި ވަނީ 83 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެ މީހާ މަރުވެފައި ވަނީ ރޭ ފަތިހު 4:47 ހާއިރު ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުން ދަނިކޮށެވެ.

މި މަރާއެކު ރާއްޖެއިން ކޮވިޑް ޖެހެގެން މަރުވި މީހުންގެ އަދަދު ވަނީ 197 އަށް އަރާފަ އެވެ.

ކޮވިޑް ޖެހެގެން އިއްޔެ ވަނީ ހަތަރު މީހުން މަރުވެފަ އެވެ. އޭގެ ތެރޭގައި އަލަތު ދަރިފުޅު ވިހެއިތާ އަށް ދުވަސް ފަހުން 25 އަހަރުގެ އަންހެނަކު ވެސް ހިމެނެ އެވެ.