އެމްއެންޑީއެފް

ސިފައިން މާދަމާ ތަމްރީނުތަކެއް ފަށަނީ

May 31, 2021

ނައިޓް ފަޔަރިން ތަމްރީނުތަކެއް ސިފައިން ފަށާތީ ކަނޑުދަތުރުކުރާ ފަރާތްތައް ސަމާލުވާން އަންގައިފި އެވެ.

ސިފައިންގޭން ބުނީ ތަމްރީނުތައް ކުރިއަށް ދާނީ ހުޅުމާލެ އިރުމަތިން ހަތް ނޯޓިކަލް މޭލު ބޭރުން ކަމަށާއި މާދަމާއިން ފެށިގެން އަންނަ މަހުގެ ތިން ވަނަ ދުވަހާއި ފަސް ވަނަ ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 5:00 އަށް ތަމްރީނުތައް ކުރިއަށް ގެންދާނެ ކަމަށެވެ.

ތަމްރީނުތަކުގައި ވައިގެ ސަރަހައްދުގައި ބޭނުން ކުރާނީ މެޝިން ގަން ކަމަށް ސިފައިންގެ އިން ބުނެ އެވެ. ވައިގެ ސަރަހައްދުގެ އެންމެ ދުރު މިނަކަށް ބޭނުން ކުރާނީ 5000 މީޓަރެވެ. އެންމެ އުސްކޮށް ބޭނުންކުރާނީ 100 މީޓަރެވެ. އަދި އެންމެ ތިރި ލެވެލަކަށް ބޭނުން ކުރާނީ ސީ ލެވެލެވެ.

ސިފައިންގެ އިން ބުނީ މި ތަމްރީނުތައް ކުރިއަށް ގެންދަން ކަނޑައަޅާފައިވާ ވަގުތުތަކުގައި އެ ސަރަހައްދުން ކަނޑުދަތުރު ކުރާ ފަތާތްތަކުން ސަމާލުކަން ދީގެން ދަތުރު ކުރަން އެދޭ ކަމަށެވެ.