ޓެކްނޯލޮޖީ

ސޮނީގެ އާ އިއާބަޑްސް ލީކްވެއްޖެ

Jun 1, 2021

ސޮނީގެ އާ އިއާބަޑްސްގެ އިސްތިހާރު ލީކު ވެއްޖެ އެވެ. ސްޕެރޯސް ނިއުސް އިން އަޕްލޯޑް ކޮށްފައިވާ މި ވީޑިއޯގައި މި އާ އިއާ ބަޑްސްގެ ތަފާތު ފީޗާތައް ދައްކާލައި އޭގެ ޑިޒައިން ވެސް ދައްކާލައިފައިވެ އެވެ.

މި އިއާ ބަޑްސްގައި އާ V1 ޕްރޮސެސާއާއެކު ނޮއިޒް ކެންސެލޭޝަންއާއި ވޮއިސް ކޮމާންޑް ފަދަ ގިނަ ފީޗާތައް ވެސް ހިމެނެ އެވެ. މި ހެޑްސެޓް ބޭނުން ކޮށްގެން ގޫގްލް އެސިސްޓަންޓާއި އެމެޒޯންގެ އެލެކްސާ ބޭނުން ކުރެވެ އެވެ.

އާ އޯޑިއޯ ޑްރައިވާތަކެއް ވެސް މި ބަޑްސްގައި ހިމެނޭނެ އެވެ. ސޮނީއަކީ އެ ކުންފުނީގެ އޯޑިއޯ ޕްރޮޑަކްޓްތަކުގެ ކޮލިޓީ އަބަދު ވެސް އެންމެ މަތީގައި ދަމަހައްޓާ ކުންފުންޏެކެވެ. މިފަހަރު މި އާ އިއާ ބަޑްސް އާއިއެކު ތައާރަފްކުރާ އާ އޯޑިއޯ ޑްރައިވާސްގެ ސަބަބުން އަޑުގެ ކޮލިޓީއަށް އިތުރު ފުރިހަމަ ކަމެއް ލިބިގެން ދާނެ ކަމަށް ބެލެވެ އެވެ.

މި އިއާ ބަޑްސްއަށް ވަޔަލެސް ޗާޖިންވެސް ސަޕޯޓު ކުރެ އެވެ. އަދި އަށް ގަޑިއިރު ހުއްޓާ ނުލައި ބޭނުން ކުރެވޭ މި އިއާބަޑްސްގެ ކޭސް ބޭނުން ކޮށްގެން 24 ގަޑިއިރު މެދުނުކެނޑި ބޭނުން ކުރެވޭނެ އެވެ.

މި ބަޑްސް ނެރޭނެ ދުވަހެއް ސޮނީން އަދި ބުނެފައެއް ނުވެ އެވެ. އަދި މި އިއާބަޑްސްގެ އެއްވެސް މައުލޫމާތެއް ވެސް ސޮނީއަކުން އަދި ހާމައެއް ނުކުރެ އެވެ. ނަމަވެސް ލީކްވެފައިވާ އިޝްތިހާރު ވީޑިއޯއިން ވަރަށް ބައިވަރު މައުލޫމާތު ސޮނީގެ އާ މި ޕްރޮޑަކްޓާއި ބެހޭގޮތުން ލިބެ އެވެ.