ސާވިސް ޗާޖް

އެއްހާސް ޑޮލަރުން މަތީގެ ސާވިސް ޗާޖު ހަ ރިސޯޓަކުން

Jun 2, 2021
3

މިދިޔަ މަހު ރާއްޖޭގައި ހިންގާ ހަ ރިސޯޓަކުން 1،000 ޑޮލަރުން މަތިން ސާވިސް ޗާޖު ދީފި އެވެ.

ސާވިސް ޗާޖުގެ މައުލޫމާތު އާއްމު ކުރާ ރިސޯޓް ވޯކާސް ގްރޫޕުން އާއްމު ކޮށްފައިވާ މިދިޔަ މަހުގެ ސާވިސް ޗާޖުގެ މައުލޫމާތުތައް ހިމެނޭ ލިސްޓުގައިވާ ގޮތުން މިދިޔަ މަހު އެންމެ މަތިން ސާވިސް ޗާޖު ދިން ރިސޯޓަކީ ގާތްގަނޑަކަށް 40 އަކަށް މުވައްޒަފުންނާއެކު ހިންގާ ވެލާ ޕްރައިވެޓް އައިލެންޑެވެ. އެ ރިސޯޓުން ސާވިސް ޗާޖުގެ ގޮތުގައި 1660 ޑޮލަރު (ގާތްގަނޑަކަށް 25،597 ރުފިޔާ) ދީފައިވެ އެވެ.

ދެވަނަ އަށް އެންމެ ގިނައިން ސާވިސް ޗާޖު ދީފައިވަނީ މެދުއިރުމަތީގެ މަހަޖަނަކާއި ރާއްޖޭގެ ހ. ސީސައިޑް، މުހައްމަދު އަލީ ޖަނާހު ގުޅިގެން ތަރައްގީ ކޮށްފައިވާ ވޮލްޑީފް އެސްޓީރިއާ އިތާފުށި ރިސޯޓެވެ. ގާތްގަނޑަކަށް 600 އެއްހާ މުވައްޒަފުން މަސައްކަތް ކުރާ އެ ރިސޯޓުން 1،486 ޑޮލަރު (ގާތްގަނޑަކަށް 22،914 ރުފިޔާ) ދީފައިވެ އެވެ.

1000 ޑޮލަރުން މަތިން ސާވިސް ޗާޖްގެ ރިސޯޓުތައް

  • ރަންދެލި ރިސޯޓް 1380 ޑޮލަރު
  • ޖޯލި މޯލްޑިވްސް 1141 ޑޮލަރު
  • ނެޗުރަސް މޯލްޑިވްސް
  • ވަން އެންޑް އޮންލީ 1،050

ރިސޯޓް ވޯކާސްގެ މި ލިސްޓުގައި 30 އަށްވުރެ ގިނަ ރިސޯޓު ހިމެނެ އެވެ. މި ލިސްޓުގެ އެންމެ ފުލުގައި އޮތީ ފުރަވެރި މޯލްޑިވްސް އެވެ. ރިސޯޓުން ސާވިސް ޗާޖުގެ ގޮތުގައި މިދިޔަ މަހު ދިނީ 125 ޑޮލަރެވެ. ރާއްޖޭގައި ހިންގާ ހުރިހާ ރިސޯޓުތަކުން މަދުވެގެން 10 ޕަސަންޓް ސާވިސް ޗާޖު ނަގަން މިހާރު ގާނޫނީ ގޮތުން ލާޒިމް ކެމެކެވެ.