ކޮވިޑް-19 އަށް ފަރުވާ ހޯދަމުން އައި ދޮށީ އުމުރުގެ ދިވެއްސަކު މަރުވެއްޖެ އެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މެންދުރު 2:35 ގައި މަރުވެފައިވަނީ އުމުރުން 84 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ. އެއީ ކޮވިޑަށް ހާއްސަ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން އައި މީހެކެވެ.
މިއީ މިއަދުގެ ދެވަނަ މަރެވެ. ރޭގެ ވަގުތެއްގައި އުމުރުން 10 އަހަރުގެ ކުއްޖަކުވެސް ވަނީ ކޮވިޑްގައި މަރުވެފައެވެ. އެއީ އަންހެން ކުއްޖެކެވެ. އެ ކުއްޖާ ހޮސްޕިޓަލަށް ގެންދަން އާއިލާއިން އެމްބިއުލާންސަށް ގުޅި ނަމަވެސް ދެ ގަޑިިއިރުވީއިރުވެސް އެމްބިއުލާންސް ފޮނުވާފައިނުވާ މައްސަލައެއް ފެންމަތިވެ އެކަން ސީރިއަސްކޮށް ދަނީ ބަލަމުންނެވެ.
މިއީ މި މަހުގެ 10 ވަނަ މަރެވެ. އިއްޔެ 8 މީހަކު މަރުވިއެވެ. މިދިޔަ މެއި މަހު ކޮވިޑްގައި 88 މީހަކު މަރުވިއެވެ.