ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ރާއްޖެއަށް އެމެރިކާގެ އެހީއެއް

Jun 3, 2021

ކޮވިޑް ބަލިން ރައްކާތެރިވާން ދެކުނު އޭޝިއާގެ ގައުމުތަކުން ކުރާ މަސައްކަތްތަށް އެހީތެެރިވުމުގެ ގޮތުން ސިއްހީ ބައެއް ތަކެތި ހަދިޔާ ކުރަން އެމެރިކާ އިން ނިންމައިފި އެވެ. އޭގެ ތެރޭގައި ރާއްޖެ ހިމެނެ އެވެ.

އެމެރިކާގެ ސަރުކާރުން އެކަން އާންމު ކުރީ ހާރިޖީ ވަޒީރު އެންތަނީ ބްލިންކެން މިއަދު ކުރެއްވި ޓްވީޓެއް މެދުވެރިކޮށެވެ.

ބްލިންކެން ވިދާޅުވީ ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި ދެކުނު އޭޝިއާގެ ގައުމުތަކުން ކުރަމުންދާ މަސައްކަތްތަކަށް އެހީތެރިވުމުގައި އެމެރިކާ ދެމި އޮންނާނެ ކަމަށެވެ. ކޮވިޑް-19 އާއި ގުޅިގެން ގައުމުތަކަށް ލިބެމުންދާ ގެއްލުންތައް ކުޑަ ކުރަން އެހީތެރިވެ ދޭނެ ކަމުގެ ޔަގީންކަން ވެސް ބްލިންކެން ވަނީ ދެއްވާފަ އެވެ.

ޔޫއެސް އެއިޑްގެ ދަށުން ދިވެހިރާއްޖެ އާއި ޕާކިސްތާނާއި ސްރީލަންކާއަށް އެމެރިކާ އިން ފޯރުކޮށްދޭ ދޭ އެހީގެ ތަކެތި ހިފައިގެން މިއަދުގެ ވަގުތެއްގައި ފްލައިޓެއް ފުރާނެ ކަމުގައި ވެސް ބްލިންކެން ވިދާޅުވެފައި ވެ އެވެ.

ކޮވިޑް-19 އިން ރައްކާތެރިވާން ރާއްޖެއިން ކުރާ މަސައްކަތަށް މީގެ ކުރިން ވެސް އެމެރިކާ އިން އެހީ ދީފައި ވެއެވެ. އެގޮތުން ޕީސީއާރް މެޝިނާއި ސިއްހީ ހިދުމަތްތެރިން ބޭނުން ކުރުމަށް ޕީޕީއާއި އެހެނިހެން ބައެއް އާލާތްތައް ހަދިޔާ ކޮށްފައިވެ އެވެ. އަދި 60 ވެންޓިލޭޓަރު ވެސް ރާއްޖެ އަށް ދިނެވެ.