މޯލްޑިވްސް ޕޮލިސް ސާވިސް

ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލައިފި

Jun 3, 2021

މާލޭގައި އުމުރުން 19 އަހަރުގެ ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.

ފުލުހުން ބުނީ މައްޗަށްގޯޅި ގެއެއްގެ ތެރޭގައި ހިނގި މާރާމާރީގައި ޒުވާނަކު ޒަހަމްކޮށްލުމުން އޭނާ އައިޖީއެމްއެޗަށް ގެންގޮސް ފަރުވާދެމުންދާ ކަމަށެވެ.

އޭނާ އަށް ލިބިފައިވާ އަނިޔާތަކާ ގުޅޭ އެއްވެސް މައުލޫމާތެއް އަދި ލިބިފައެއް ނުވެ އެވެ.

މިމައްސަލަ ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ މިއަދު ހެނދުނު 11:04 ހާއިރު އެވެ.

މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ބުނި ނަމަވެސް މައްސަލައާއި ގުޅިގެން މީހަކު ހައްޔަރުކޮށްފައިވާ ކަމަކަށް ފުލުހުން އަދި ބުނެފައެއް ނުވެ އެވެ.