މާލޭ ސިޓީ ކައުންސިލް

މާރުކޭޓު ގޮޅިތަކުގެ ކުލި ކުޑަކޮށްދީފި

މާލޭގެ މޭޔަރު މުއިއްޒު މާރުކޭޓްގެ ހާލަތު ބައްލަވައިލެއްވުމަށް މާރުކޭޓަށް ކުރެއްވި ޒިޔާރާތުގެ ތެރެއިން -- ފޮޓޯ: ސިޓީ ކައުންސިލް
0%
0%
0%

ދަތުރުވެރިންގެ މާރުކޭޓާއި ލޯކަލް މާރުކޭޓު ގޮޅިތަކުގެ ކުލި މާލެ ސިޓީ ކައުންސިލުން ކުޑަކޮށްދީފި އެވެ.

މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދެ މާރުކޭޓު ގޮޅިތަކުގެ ކުއްޔާއި ފައްތިޔާތަކުގެ ކުލި ކުޑަކޮށްދީ މިއަދު އެ ފަރާތްތަކާއި ލިޔުން ހަވާލުކުރަން ފަށާފައިވާ ކަމަށެވެ.

މާރުކޭޓު ގޮޅިތަކުން ކުއްޔަށް މިހާރު ނަގަމުންދާ އަދަދުން 30 އިންސައްތަ ކުޑަ ކުރައްވާނެ ކަމަށް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. މުއިއްޒު ވިދާޅުވީ ކުލި ތަކަށް ބަދަލު ގެނައުމަށް ނިންމީ ކޮވިޑްގެ ހާލަތުގައި ރައްޔިތުންނަށް ލިބެމުންދާ ގެއްލުންތައް ކުޑަކޮށްދިނުމުގެ ގޮތުން ކަމަށެވެ.

މޭޔަރު މީގެ ކުރިން ވިދާޅުވެފައި ވަނީ މާލޭގެ ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިތަކުގެ ސައިޒު ތަފާތުއިރު ގޮޅިތަކަށް ނަގަނީ ކުލީގެ ގޮތުގައި އެއް އަދަދެއް ކަމަށެވެ. އެއީ ހައްލުވާން ޖެހޭ މައްސަލައެއް ކަމަށާއި އެކަމަކު ކުއްޔަށް ދިން ލުއީގެ ދަށުން ގޮޅިތަކަށް ކުލީގެ ގޮތުގައި ދައްކަންޖެހޭނީ އެއް އަދަދެއް ކަމަށްވެސް ވިދާޅުވި އެވެ.

މާރުކޭޓުތަކުގެ ހާލަތު ރަގަޅުކޮށް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަކީ މުއިއްޒުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމަނާފައިވާ މުހިންމު ވައުދެކެވެ. އެގޮތުން މަސް މާރުކޭޓާއި، ދަތުރުވެރިންގެ މާރުކޭޓު އަދި ލޯކަލް މާރުކޭޓު ޒަމާނީ ކުރުމާއި، އެ ތިން ތަން އެއް އިމާރާތަކަށް ބަދަލު ކުރުމުން ހިމެނެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910