ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19 އިގެ މަރުތައް

ކޮވިޑްގައި 63 އަހަރުގެ ދިވެއްސެއް މަރުވެއްޖެ

ކޮވިޑް-19 އަަށް ފަރުވާ ހޯދަމުން އައި އިތުރު މީހަކު މަރުވެއްޖެ އެވެ.

ކޮވިޑްގައި މިރޭ 10:53 ގައި މަރުވެފައިވަނީ 63 އަހަރުގެ ދިވެއްސެކެވެ. އެއީ ހުޅުމާލެ މެޑިކަލް ފެސިލިޓީ ފަރުވާ ދެމުން އަައި މީހެކެވެ.

ރާއްޖެއިން މިހާތަނަށް 174 މީހަކު ވަނީ ކޮވިޑްގައި މަރުވެފައެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 23،375 މީހުންނެވެ. މިހާތަނަށް 43،959 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 197 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

އޭގެ ތެރެއިން 110 މީހަކަށް ފަރުވާ ދެނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައެވެ. އެ މީހުންގެ ތެރެއިން ނުވަ މީހަކު އޮތީ އައިސީޔޫގައެވެ. ފަސް މީހަކަށް ފަރުވާ ދެނީ ވެންޓިލޭޓަރުގައެވެ.

ކޮވިޑްގެ އެންމެ ހާލު ބޮޑު ބަލި މީހުންނަށް ހާއްސަކޮށްފައިވާ ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގެ އައިސީޔޫގައި އަށް މީހަކު އެބަ އޮތެވެ. ހަ މީހަކަށް ފަރުވާ ދެނީ ވެންޓިލޭޓަރުގައެވެ.

ދަރުމަވަންތަ ހޮސްޕިޓަލްގެ 16 ވަނަ ފަންގިފިލާގައި ހަ މީހަކު އަދި ޑީއެޗް 17 ގައި ހަ މީހަކު އެބަ އޮތެވެ.