ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

"އިންޑޮނީޝިއާއިން މިއަހަރު ހައްޖަށް ނުފޮނުވާނެ"

އިންޑޮނީޝިއާއިން ކޮވިޑާ ހެދި މި އަހަރު ހައްޖަށް ނުފޮނުވާނެ
0%
0%
0%

ކޮވިޑާ ހެދި ގައުމުގެ ހާލަތު މަސަލަސް ނުވެ ދިގު ދެމިގެން ދާތީ މި އަހަރު އިންޑޮނީޝިއާއިން ހައްޖަށް ނުފޮނުވާ ގޮތަށް ހަމަޖައްސައިފި އެވެ. މީޑިއާއަށް މައުލޫމާތު ދެއްވި ސަރުކާރުގެ އޮފިޝަލަކު ވިދާޅުވީ ސައުދީން އަދި ދައުވަތު ނުދެއްވާ ކަމަށާއި ސައޫދީ އިދާރާތަކަށް ވެސް ކެތް ކުރެވޭނީ މަދު އަދަދަކަށް ޚިދުމަތް ދޭން ކަމަށެވެ.

ރެލިޖަސް އެފެއާޒް މިނިސްޓަރު ޔާގޫތު ޝަލީލް ގިމާސް ވިދާޅުވީ ހައްޖާ ބެހޭ ގޮތުން އޮފިޝަލުންނާ މަޝްވަރާ ކުރައްވައިފި ކަމަށާއި ކޮވިޑާ ހެދި ސައޫދީއަށް ވެސް ހައްޖާޖީންގެ ސިއްހަތަށް ގެރެންޓީ ނުދެއްވޭނެ ކަމަށެވެ. ހައްޖުގައި ގިނައިން ބައިވެރި ވަނީ ދޮށީ އުރުމު ކަމަށް ފާހަގަ ކުރައްވައި ވަޒީރު ވިދާޅުވީ ރައްޔިތުން ހާލަތާ މެދު ފިކުރު ކުރައްވާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ސައުދީން މިއަހަރު އަދި އެއްވެސް ގައުމަކަށް ޔަގީންކަން ނުދޭ ކަމަށާއި ކޯޓާ ފޯމްތަކުގައި އެއްވެސް ގައުމަކުން ސޮއި ކުރިކަން އެނގިވަޑައިގެންފައި ނުވާ ކަމަށެވެ. އޭނާ ވިދާޅުވީ ހައްޖަށް މީހުން ގިނަވި ވަރެއް ސައޫދީއަށް ވެސް ރަނގަޅު ވާނެ ކަމަށާއި ކޮވިޑާ ހެދި ހާލަތު ބަދަލުވެފައިވާ ކަމަށެވެ.

އިންޑޮނީޝިއާ ރެލިޖަސް އެފެއާޒް މިނިސްޓަރު ޔާގޫތު ޝަލީލް ގިމާސް: މިއަހަރު ހައްޖަށް ނުފޮނުވާނެ

އިންޑޮނީޝިއާއިން މިދިއަ އަހަރު ވެސް ވަނީ ހައްޖު ކެންސަލް ކުރަން ޖެހިފަ އެވެ. އެއީ ސައޫދީން ފުރުސަތު ހުޅުވައި ނުލާތީ އެވެ. މިނިސްޓަރު ވިދާޅުވީ ހައްޖަށް ދިއުމަށް 2020 ގައި ފައިސާ ދައްކާފައި ތިބި މީހުން 2022 އަށް ބަދަލު ކޮށް ދެއްވާނެ އެވެ. އަދި ވިދާޅުވީ ފައިސާ އަނބުރާ ބޭނުންވާ ނަމަ ހަމަޖައްސައި ދެއްވާނެ ކަމަށާއި ހުރިހާ ފައިސާއެއް ހަމައަށް އެބަހުރި ކަމަށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910