ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން ވިދާޅުވާ ގޮތުން އެމެރިކާ ޑޮލަރާ މެދު އެމެރިކާއިން ދެކެނީ އެއީވެސް ސިޔާސީ ހަތިޔާރެއް ގޮތަށެވެ. ސެން ޕީޓާސްބާގްގައި އޮތް އަހަރީ އިކޮނޮމިކް ފޯރަމެއްގައި ވާހަކަފުޅު ދައްކަވަމުން ޕޫޓިން ވިދާޅުވީ އެމެރިކާ ނުރުހިއްޖެ ބަޔަކާ ދެކޮޅަށް ސިޔާސީ އަދި އިގުތިސޯދީ ގޮތުން ދަތި ކުރަން ކުރާ ކަމަކީ ޑޮލަރު ތާށި ކުރުން ކަމަށެވެ.
ޕޫޓިން ވިދާޅުވީ ނޭޝަނަލް ވެލްތު ފަންޑުން ޑޮލަރު ދޫކޮށްލަން ނިންމި ނިންމުމަކީ ގަސްދުގައި ކުރެއްވި ކަމެއް ނޫން ކަމަށާއި އެއީ އެނޫން ގޮތެއް ނެތިގެން ކުރެއްވި ކަމެއް ކަމަށެވެ.
ރަޝިއާގެ ފައިނޭސް މިނިސްޓަރު ކުރިން ވިދާޅުވި ގޮތުގައި ނެޝަނަލް ފެލްތު ފަންޑުގައި ހުރި މުދަލަށް 120 ބިލިއަން ޑޮލަރު އަރަ އެވެ. އޭނާ ވިދާޅުވީ މުދާ އަގުމަގުކޮށް އިންވެސްޓް ކުރަން އެމެރިކާ ޑޮލަރު ދެން ބޭނުންނު ކުރާނެ އެވެ. އިންވެސްޓްމަންޓަށް ދެން ބަދަލުވާނީ ރަނާއި ޔޫރޯ އަދި ޔުއާނަށެވެ.
އެމެރިކާއިން ކުރާހާ ޖެއްސުމަކަށް ބަދަލު ހިފާ ނަމަ ރަޝިއާއަށް ވެސް ކަންތައްތަކެއް ކުރެވެން އެބަހުރި ކަމަށާއި ތެޔޮ ކުންފުތަކުން ޑޮަލަރު ބަލައި ނުގަންނަ ގޮތް ހަދައިފި ނަމަ އެމެރިކާއާ ބައިވެރިންނަށް ތަކުލީފަކަށް ވާނެ ކަމަށެވެ. ޕޫޓިން އަދި ވިދާޅުވީ ޑޮލަރުން މުއާމަލާތް ކުރަން ޖެހޭ ހާލަތްތަކުގައި ތެލާއި ގޭހުން ފޫބައްދަން ޖެހިދާނެ ކަށެވެ.
ޕޫޓިން ވިދާޅުވީ އެމެރިކާއަކީ ވަރަށް ގޮތް ދޫނުކުރާ ބައެއް ކަމަށާއި ގައުމުތައް ތިބެން ޖެހެނީ އެމީހުން ބުނާ ގޮތެއް ހަދައިގެން ދަށުވެގެން ކަމަށެވެ. އެނޫން ގޮތެއްގައި އެމެރިކާ ދެކެނީ އެ ގައުމަކާ ދެކޮޅަށް ކޮންމެވެސް ޒާތަކަށް ދަތިކުރަން ޝަރުތު ހަމަވީ ކަމަށެވެ.
އެމެރިކާއަށް ވުރެ ކުރިއަރައި ދިއުމަކީ އެމެރިކާ އެދޭ ގޮތް ނޫން ކަމަށާއި ޗައިނާއާ ރަޝިއާއާ ގުޅުވައި މިހާރު ޖެހިފައި އޮތް މައްސަލައަކީ އިގުތިސޯދީ ގޮތުން ޗައިނާއާ ރަޝިއާ ހިފަހައްޓާ ނުލެވުން ކަމަށެވެ.