ދުނިޔެ

އެމެރިކާގެ މެދުއިރުމަތީގެ ސިޔާސަތު ތިއޮތީ ފޭލިވެފައި: ޕޫޓިން

ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން: ފަލަސްތީނަށް މިނިވަން ދައުލަތެއް ހަމަޖައްސަން ޖެހޭނީ އިރުމަތީ ގުދުސް ވެރިރަށް ގޮތަށް ކަނޑައަޅާފައި ކަމަށް ވިދާޅުވި
0%
0%
0%

މެދުއިރުމައްޗަށް ސުލްހަ ގެނައުމުގެ ނަމުގައި އެމެރިކާ ކުރާ ކަމަކީ ބޮނޑިބަނުން ކަމަށް ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން ވިދާޅުވެއްޖެ އެވެ.

ފަލަސްތީނާ ޔަހޫދީންނާ ދެމެދު އެއް ސިޔާސަތަކުން އަމަލުކުރާނެ ހިތްވަރު އެމެރިކާގެ ކިބައިގައި ނުވެސް ނެތް ކަމަށާއި ސިޔާސަތެއް އޮތިއްޔާ އޮތީ ފޭލިވެފައި ކަމަށް ވެސް ޕޫޓިން ވިދާޅުވި އެވެ.

ޕޫޓިން ވިދާޅުވި ގޮތުގައި އެމެރިކާއާ ޔަހޫދީ ދައުލަތުން ދެކޭ ގޮތުގައި ފަލަސްތީންގައި އުޅެނީ އިންސާނުނެއް ނޫނެވެ. އިންސާނީ ހައްގުތައް ހިމާޔަތްކޮށްދިނުމުގެ ނަމުގައި އެމެރިކާ މެދުއިރުމައްޗަށް އަރާއިރު އޮންނަނީ އެއްކޮޅަށް ބަރުވެފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފަލަސްތީންގެ ހައްގުތައް ހިމާޔަތްކުރުމުގެ ނަމުގައި އެމެރިކާ ތަޅަނީ ހުސް އަނގަ ކަމަށް ވެސް ޕޫޓިން ވިދާޅުވި އެވެ.

ހަމާސް ޖަމާއަތުން ޔަހޫދީ ދައުލަތް ހުއްޓުމަކަށް ގެނެސްފައި އެ ވަނީ އެމެރިކާގެ ރޭވުންތެރިކަމެއް ނެތުމުން ކަމަށް ވެސް ޕޫޓިން ވިދާޅުވި އެވެ.

ޔަހޫދީންނަށް މިކަހަލަ ދުވަހެއް ތަޖުރިބާކުރަން ޖެހިދާނެ ކަމަށް މުޅި ދުނިޔެ ގޮވަގޮވާ އޮއްވައި ދުރު ވިސްނޭ މީހުން ކިޔައިދިން ގޮތް އެ އޮތީ ދިމާވެފައި ކަމަށް ވެސް ޕޫޓިން ވިދާޅުވި އެވެ.

މިއަދު ހާލަތަށް އައިސްފައި އޮތް ބަދަލަކީ އެމެރިކާގެ ފަރުވާކުޑަކަމުން މެދުވެރިވެފައި އޮތް ހާލަތެއް ކަމަށް ވެސް ރަޝިއާގެ ރައީސް ވިދާޅުވި އެވެ.

ފަލަސްތީނަށް މިނިވަން ދައުލަތެއް ނެތްހައި ހިނދު މެދުއިރުމަތި އޮންނާނީ ބަނަކޮށް ކަމަށާއި ދޭތެރެ ދޭތެރެއިން ހަޅަޖަހައި ކޮޅިގަނޑެއް ނަގައި ބިންދާލާނެ ކަމަށް ވެސް ޕޫޓިން ވިދާޅުވި އެވެ.

ޕޫޓިން އަދި ވިދާޅުވީ 1967 ގައި ޔަހޫދީން އިސްތިއުމާރުކުރި ބިންތައް ފަލަސްތީނަށް އަނބުރާ ދޭން ޖެހޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

މިނިވަން ދައުލަތެއް ކަށަވަރުކޮށްދޭން ޖެހޭނީ އިތުރަތީ ގުދުސް އަކީ އެ މީހުންގެ ވެރިރަށް ގޮތަށް ކަނޑައަޅާފައި ކަމަށް ވެސް ޕޫޓިން ވިދާޅުވި އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345