ދުނިޔެ

ދުނިޔޭގައި އޮންނަވާނީ އެމެރިކާގެ ބާރު: ބައިޑަން

މި މަހު ގައުމުން ބޭރަށް ކުރައްވާ ދަތުރު ބޯމަތިވެފައި ވަނިކޮށް އެޖެންޑާއަށް އިޝާރާތް ކުރައްވައި ދުނިޔޭގައި އޮންނަން ޖެހޭނީ އެމެރިކާގެ ބާރުވެރިކަން ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅު ވެއްޖެ އެވެ. ބައިޑަން ރައީސްކަމާ ހަވާލުވެ ވަޑައިގެން ޔޫރަޕަށް ކުރައްވާ ފުރަތަ ދަތުރުފުޅުގައި ނޭޓޯ ގައުމުތަކުގެ ވެރިންނާއި ޖީ7 ގެ ވެރިން އަދި ޔޫރަޕްގެ ބައިވެރިންނާ ވެސް ބައްދަލު ކުރައްވާނެ އެވެ.

ވޮޝިންޓަން ޕޯސްޓްގައި ހިޔާލު ފާޅު ކުރަައްވަމުން ބައިޑަން ވިދާޅުވީ އެމެރިކާއަކީ ބައިވެރިންނާށާއި އެކުވެރިންނަށް އަޅާލާ ގައުމެއް ގޮތުގައި އޮތް އޮތުމުގެ ފޭރާން ދެވަރަވެގެން ނުވާނެ ކަމަށެވެ. އަދި ވިދާޅުވީ ޗައިނާއާ ރަޝިއާއިން ކުރިމަތި ކޮށްފާނެ ނުރައްކަލަކާ ކުރިމަތިލުމަށް ބާރުވެރިކަމުގެ ގޮތުން އެމެރިކާ އިސްނަގަންޖެހޭ ކަމަށެވެ.

ބައިޑަން ވިދާޅުވި ގޮތުން އެމެރިކާއާ ބައިވެރިން ތިބީ ރަޝިއާއިން ހަމަލާއެއް ދިފާނެ ކަމަށް ބަލައި އަޒުމާއެކު އެކަމަށް ފޫގަޅައިގެންނެވެ. އަދި ވިދާޅުވީ ޔޫރަޕާއި އެމެރިކާގެ ކަރާމާތާއި އިސްތިގުލާލަށް ރަޝިއާއިން ތޮޅޭނަމަ ދޭން އޮތީ އަސަރު ފިލައިގެން ނުދާނެ ރައްދެއް ކަމަށެވެ.

ބައިޑަން ވިދާޅުވީ މަސައްކަތް ކުރައްވަނީ އަރާރުން ވުމަށް ނޫން ކަމަށެވެ. ރަޝިއާއާއެކު ގާތް ގުޅުމެއް އޮތުމަކީ އެމެރިކާއަށް ވެސް ހިތްހަމަޖެހުމެއް ކަމަށާއި އެކުގައި ކުރެވެން ހުރި ކަންތައްތައް ދޫކޮށް ނުލައްވާނެ ކަމަށެވެ.

ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން ވެސް ވަނީ އެމެރިކާގެ ނުފޫޒާ ބެހޭ ގޮތުން ވަނީ ވާހަކަ ދައްކަވާފަ އެވެ. ޕޫޓިން ވިދާޅުވީ އެމެރިކާއަކީ ވަރަށް ގޮތް ދޫނުކުރާ ބައެއް ކަމަށާއި ގައުމުތައް ތިބެން ޖެހެނީ އެމީހުން ބުނާހާ ގޮތެއް ހަދައި ދަށުވެގެން ކަމަށެވެ. އެނޫން ގޮތެއްގައި އެމެރިކާ ދެކެނީ އެ ގައުމަކާ ދެކޮޅަށް ކޮންމެ ވެސް ޒާތަކަށް ދަތިކުރަން ޝަރުތު ހަމަވީ ކަމަށެވެ.

އެމެރިކާއަށް ވުރެ ކުރިއަރައި ދިއުމަކީ އެމެރިކާ އެދޭ ގޮތް ނޫން ކަމަށާއި ޗައިނާއާ ރަޝިއާއާ ގުޅުވައި މިހާރު ޖެހިފައި އޮތް މައްސަލައަކީ އިގުތިސޯދީ ގޮތުން ޗައިނާއާ ރަޝިއާ ހިފަހައްޓާ ނުލެވުން ކަމަށެވެ.

ޕޫޓިން ވިދާޅުވީ ކޮންމެ ބަޔަކަށް ވެސް ޓެކްނޮލޮޖީ އުފެއްދިދާނެ ކަމަށާއި އެމެރިކާގައި ނެތް އެއްޗެއް ޗައިނާއާ ރަޝިއާއިން އުފައްދައިފި ނަމަ އެއެއްޗެއް އުފެއްދި ބަޔަކު އުލު ބައިންދަން އެމެރިކާ ދާނެ ކަމަށެވެ.