ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19 އިގެ މަރުތައް

ކޮވިޑް ޖެހިގެން މިއަދު ދެ މީހަކު މަރުވެއްޖެ

Jun 7, 2021
2

ކޮވިޑް-19 އަށް ފަރުވާ ހޯދަމުން ދިޔަ ދެ މީހަކު މަރުވެއްޖެ އެވެ.

އެޗްޕީއޭ އިން ބުނީ ކޮވިޑް ޖެހެގެން މިއަދު މަރުވެފައި ވަނީ 86 އަހަރުގެ ފިރިހެނެއް ކަމަށާއި އެ މީހާ މަރުވެފައި ވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުން ދަނިކޮށް ރޭ 12:19 ހާއިރު ކަމަށެވެ.

މިއަދު ދެން މަރުވެފައި ވަނީ 100 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެމީހާ މަރުވެފައި ވަނީ ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން ދިޔަ މީހެކެވެ. އެމީހާ މަރުވެފައި ވަނީ މިއަދު 9:33 ހާއިރު އެވެ.

މި ދެ މީހުންގެ މަރާއެކު ރާއްޖެއިން ކޮވިޑް ޖެހެގެން މައުވި މީހުންގެ ނަންބަރު މިވަނީ 187 އަށް އަރާފަ އެވެ. ކޮވިޑް ޖެހެގެން އިއްޔެ ވެސް ވަނީ ތިން މީހަކު މަރުވެފަ އެވެ.