ޑީއެންއާރް

މުއްދަތު ހަމަވި އައިޑީތައް އޯގަސްޓްގެ ނިޔަލަށް ބޭނުން ކުރެވޭނެ

ޑީއެންއާރުގެ ހިދުމަތް ހޯދުމަށް މީހުން ކިޔޫގައި: ޑީއެންއާރްއިން ވަނީ މުއްދަތު ހަމަވެފައިވާ އައިޑީ ކާޑުތަކުގެ މުއްދަތު އިތުރު ކޮށްދީފައި
0%
0%
0%

މުއްދަތު ހަމަވެފައިވާ އައިޑީ ކާޑުތައް އަންނަ އޯގަސްޓްގެ ނިޔަލަށް ބޭނުން ކުރެވޭނެ ކަމަށް ޑީއެންއާރް އިން ބުނެފި އެވެ.

ކޮވިޑްގެ ހާލަތު ގޯސްވެފައި ވާތީ އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ވަރަށް ގިނަ ބައަކަށް މުއަދަތު ހަމަވެފައިވާ ކާޑުތައް އާ ކުރަން ވަނީ ދައްޗާ ކުރިމަތި ވެފަ އެވެ. ޑީއެންއާރުން ބުނީ ކާޑަށް މުއްދަތެއް ލައިދިނީ ކާޑު އާ ކުރަމަށް ގިނަ ދުވަސްތަކެއް ހޭދަވާތީ ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ލުއި ފަސޭހަ ކޮށްދޭން ކަމަށެވެ.

ރައްޔިތުންނަށް ހިދުމަތް ދޭ ހުރިހާ މުއައްސަސާ ތަކުން ހިދުމަތް ދިނުމުގައި އެކަމަށް ސަމާލުވާން ވެސް ޑީއެންއާރުން އެދިފައި ވެއެވެ.

ޑީއެންއާރުން ބުނީ މާލެ ސަރަހައްދުގައި ދިރި އުޅޭ މީހުނާއި ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ޑީއެންއާރްގެ ވެބްސައިޓް މެދުވެރިކޮށް އޮންލައިންކޮށް ކާޑު ހައްދަން ހުށަހެޅޭނެ ކަމަށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910