ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

އެމެރިކާއިން 500 މިލިއަން ވެކްސިން ހަދިޔާކުރަނީ

އެމެރިކާއިން 500 މިލިއަން ފައިޒާ / ބަޔޮންޓެކް ވެކްސިން ގަންނާނެ ކަމަށް ރައީސް ޖޯ ބައިޑަން ވިދާޅު ވެއްޖެ އެވެ. ބައިޑަން ވިދާޅުވި ފަގީރު ގައުމުތަކަށާއި މެދުފަންތީގެ ގައުމުތަކަށް ވެކްސިން ހަދިޔާ ކުރައްވާނެ ކަމަށެވެ.

ރައިސްކަމާ ހަވާލުވެ ވަޑައިގެން ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުގައި އިނގިރޭސިވިލާތުގައި ވާހަކަފުޅު ދައްކަވަމުން ބައިޑަން ވިދާޅުވީ ވެކްސިން ހަދިޔާ ކުރެއްވުމަކީ ތާރީހީ ފިޔަވަޅަކަށް ވާނެ ކަމަށާއި ކޮވިޑުން ރައްކާތެރި ވުމަށް ދެވޭ އެންމެ ބޮޑު އެހީތެރި ކަމަށް ވާނެ ކަމަށެވެ.

ބައިޑަން ވިދާޅުވީ ވެކްސިން ހަދިޔާ ކުރުން އޮގަސްޓްގައި ފައްޓަވާނެ ކަމަށާއި ފުރަތަމަ ބުރުގައި 200 މިލިއަން މިއަހަރު ބައްސަވާނެ ކަމަށެވެ. އަދި އަންނަ އަހަރު، 2022 ގެ ފުރަތަމަކޮޅު 300 މިލިއަން ވެކްސިން ބައްސަވާނެ ކަމަށެވެ.

"އުންމީދަކީ މުޅި ދުނިޔެއަށް ވެކްސިން ދިނުން،" ބައިޑަން ވިދާޅުވި އެވެ. "ކޮވިޑުން ސަލާމަތް ވެވެން އޮތް އެންމެ ކުރުމަގަކީ އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ދިނުން" އެމަނިކުފާނު ވިދާޅުވި އެވެ.

ބައިޑަން މީގެ ކުރިން ވެސް ވަނީ ވެކްސިން ހަދިޔާ ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. އދ. އިން ހިންގާ ކޯވެކްސް ޕްރޮގްރާމަށް ވެސް ވެކްސިން ދެެއްވާނެ ކަމަށް ބައިޑަން ވިދާޅުވި އެވެ. ކޯވެކްސް މެދުވެރިކޮށް ދެ ބިލިއަން ޑޯޒް، 2021 ނިމުމުގެ ކުރިން ބެހުމަކީ އދ. ގެ އުންމީދެކެވެ.